ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ފަޟްލޫން ފުލުހަށް ހާޒިރުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝައިޚް ފަޟްލޫން ހައްޔަރުކޮށްގެން ގެންދަނީ. ފޮޓޯ: އަދަދު

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރުމަށްފަހު ދޫކޮށްލި ޝައިޚް ފަޟްލޫން މުޙައްމަދު މިއަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

Ads by MWSC

ޝައިޚް ފަޟްލޫނަށް ހާޒިރުކުރަނީ މިއަދު މެންދުރުފަހު 13:00 ގައެވެ. ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ ފުލުހަށް ހާޒިރުކުރަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާގުޅޭ މައްސަލައިގެ ތަޙްޤީޤަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްފަހު ޝައިޚް ފަޟްލޫން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ގޮތުން މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!