ދުނިޔެ

އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ޕާކިސްތާނުން އެމެރިކާގެ އެހީތެރިކަމަށް އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ޕާކިސްތާނުން އެމެރިކާގެ އެހީތެރިކަމަށް އެދިއްޖެއެވެ.

Ads by WAMCO

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ހާއްސަ އެހީތެރިޔާ ތާރިގް ފާތިމީ ބުރާސްފަތި ދުވަހު އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ވެންޑީ ޝެރްމަންއާ ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ތާރިޤް ވަނީ، އެމެރިކާއަކީ އެގައުމުގެ އިގްތިސާދު ދިރުވުމަށް ކުރާ މަސައްކަތުގައި ‘މުހިންމު ބައިވެރިއެއްގެ ގޮތުގައި’ ޕާކިސްތާނުން ދެކޭ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއާއި ޕާކިސްތާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުމަށް 75 އަހަރު ވަނީ ވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި އެމެރިކާއިން ވަނީ ޕާކިސްތާނުގެ ވިޔަފާރީގެ ގުޅުންތަކާއި ސިއްހީ އެއްބާރުލުން ކުރިއަށް ގެންގޮސް އެމެރިކާ އާއި ޕާކިސްތާނުގެ ގުޅުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޕާކިސްތާނުގެ ފޮރިން ރިޒާވް ދަށްވެ، އިޤްތިޞާދު ވަރަށް ބޮޑަށް ވަނީ ހީނަރުވެފައެވެ. އަދި ބޮޑު ވަޒީރު ކަމުން އިމްރާން ޚާން ދުރުކުރުމާއެކު، ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ވެސް އެ ޤައުމު ވަނީ ވެއްޓިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!