ވިޔަފާރި

ސްޓެލްކޯއިން ވިލިމާލޭގައި ބޯހިޔާވެހިކަމުގެ މަޝްރޫއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ފެށުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.

Ads by Sosun Fihaara

ތާޖުއްދީން ސްކޫލް ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައި މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ އާ ހައުސިން މަޝްރޫއަށް އެ ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިލިމާލޭގައި މަޝްރޫއު ކުރިޔަށް ގެންދަން ނިންމި ސަބަބު ހާމަކުރަމުން ޝަރީފް ވިދާޅުވީ، ސަރުކާރުން މާލެ އާއި ވިލިމާލެ ގުޅައިލުމަށް އަޅާ ބްރިޖާ އެެކު ދަތުރުފަތުރުކުރުމަށް މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަމަށެވެ. އަދި ވިލިމާލޭއަކީ ހިތްފަސޭހަ ރަށެއް ކަމަށް ސިފަ ކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ސްޓެލްކޯ އިން އިއުލާނުކުރިއިރު، އެ ކުންފުނިން ހުޅުމާލޭ ފޭސް 2 ގައި އަޅާފައިވާ ފްލެޓްތަކަށް އަންނަ މަހު ހަ ވަނަ ދުވަހު މީހުން ވަދެވޭވަރު ވާނެ ކަމަށް ޝަރީފްވަނީ ޔަޤީންކަން ދެއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!