ޚަބަރު އިޖުތިމާޢީ

ލިވާތުކުރާ މީހުންނަށް ފިޔަވަޅުއަޅައި, ރާއްޖޭގެ ޝަރަފާއި ކަރާމަތު ރައްކާތެރިކުރަންޖެހޭ: ޑރ.ޝަހީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: ދި އެޑިޝަން

އެއް ޖިންސުން ގުޅުން ހިންގާ މީހުން ނުވަތަ ލިވާތުކުރާ މީހުންނަށް ޝަރުޢީ އަދި ޤާނޫނީ ފިޔަވަޅުއަޅައި ރާއްޖޭގެ ޝަރަފާއި ކަރާމަތު ރައްކާތެރިކޮށް ދަމަހައްޓަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ މީހަކު ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ފެންމަތިވެ, އެކަމާ ގުޅޭ ބައެއް ވީޑިއޯތައް ވަނީ ޢާންމުވެފައެވެ. ނަމަވެސް އެ ޢަމަލު ހިންގި މީހުންނާމެދު ކަމާބެހޭ ފަރާތަކުން އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ‏އެއް ޖިންސުގެ ގުޅުން ހިންގާ ފަރާތްތަކާ މެދު ޝަރުޢީ އަދި ޤާނޫނީ ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ. އަދި އެ މީހުންނަށް ފިޔަވަޅު އަޅައި ރާއްޖޭގެ އިސްލާމީ އުސޫލުތައް ދަމަހައްޓައި, އިސްލާމީ އުންމަތުން ރާއްޖެއާމެދު ދެކޭ ގޮތާއި އިސްލާމީ ޤައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބިފައި އޮންނަ ޝަރަފާއި ކަރާމަތު ރައްކާތެރިކޮށް ދަމަހައްޓަންޖެހޭ ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ޢާންމުވުމުން ފުލުހުން ކުރިން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ޢަމަލު ހިންގި މީހުންނަށް އަދި އެއްވެސް ފިޔަވަޅެއް ނާޅާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ސަރުކާރާމެދު ނުރުހިފައެވެ.

Ads by Ooredoo
  1. ސޮން

    މިސަރުކާރުން ތިކަމެއް ނުބަލާނެ.އެެްވެސް ކަމެއްވެސް ނުވާނެ.