ޚަބަރު ކުޅިވަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި މިލިޓަރީ ޕެރޭޑެއް ބާއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މީގެ ކުރިން ބޭއްވި ޕެރޭޑެއްގެ މަންޒަރު. ފޮޓޯ: ސަން

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ "މިލިޓަރީ ޕެރޭޑް އެންޑް ޕްރޮސެޝަން " މާލޭގައި މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by MWSC

އެމްއެންޑީއެފުން މިއަދު ބުނީ މި ޕެރޭޑް ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ.

މިލިޓަރީ ޕެރޭޑް ފަށާނީ މާދަމާ ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުންނެވެ. މި ޕެރޭޑްގައި ޖުމްލަ ހަތަރު ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީފުން ބުނީ މިލިޓަރީ ޕެރޭޑްގައި ސިފައިންގެ ކޯރތަކާއި ސަރވިސްތައް ރަމްޒުކޮށްދޭ ގޮތަށް ގެމަތައް އަތުރާލެވޭއިރު, އޭގެތެރޭގައި އެމްއެންޑީއެފްގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކާއި, ސަޕޯޓް ސަރވިސް ކޯރތަކާއި, ފަންކްޝަނަލް ކޮމާންޑްތައް ފެނިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ސިފައިންގެ މިލިޓަރީ ބޭންޑާއި އެމްއެންޑީއެފް ޑްރިލް ސްކޮޑާއި, އަންހެން ސިފައިންގެ ގެމައަކާއި, އެމްއެންޑީއެފުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އިސް ޚިދުމަތްތެރިންގެ ޚާއްސަ ގެމައެއް ފެނިގެންދާނެކަމަށް ވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި މި ޕެރޭޑްގައި ގެމަތަކާއެކު ސަރވިސް އުޅަނދުތަކާ އަދި އާމަޑް ޑީޓެއިލެއް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!