ޚަބަރު ޝަރުޢީ ދާއިރާ

ޑްރަގް މައްސަލައެއްގައި ބަންދުކޮށްފައި ހުރި ހުނޫ ދޫކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހުނައިސާ އާދަމް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލާފައިވާ ފިލްމީ ތަރި ހުނައިސާ އާދަމް (ހުނޫ) ދޫކޮށްލައިފިއެވެ.

Ads by STELCO

ހުނޫ ދޫކޮށްލީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައެވެ. އޭނާ ދޫކޮށްލަން ކޯޓުން ނިންމީ ފެނުނު މަސްތުވާތަކެއްޗާ އޭނާއާއި ގުޅުވައިލެވޭނެ ހެއްކެއް ނެތުމުންނެވެ.

ހުނޫގެ މައްޗަށް ދަޢުވާ އުފުލީ މިދިޔަ މާޗު 28 ގައެވެ. އެއީ އޭނާގެ ލޯބިވެރިޔާއާއެކު މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.

ޝަރީޢަތް ނިމެންދެން މިހާތަނަށް ބަންދުކޮށްފައި ހުރި ހުނޫގެ މައްޗަށް އެ މައްސަލައިގައި އުފުލީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!