ޚަބަރު ސަރުކާރު

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

Ads by Hajj Corporation

މިއަދަކީ ރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ނައިބު ރައީސް ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާގުޅޭ ޚާއްސަ ދުޢާއެއް ކުރިއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އައްޝައިޚް އަޙްމަދު މައުމޫނެވެ.

Ads by HDC
  1. ބްރޯ

    ތިޔަ މީހާއަށް ރައީސޭ ކިޔަން ލަދު ގަނޭ!! ތަޢްލީމީ ފެންވަރު އެހާދަށް! ވާނުވާ އެނގެނީކީ ނޫން!!