މިނިވަންކަންމަތީ ރާއްޖެ އަބަދަށްމެ ލައްވައި, ޚާއިނުން ބަލިކަށި ކުރައްވާށި: ރައީސް ޔާމިން
![](https://dhen.mv/wp-content/uploads/2022/07/Raees-Yameen-1--850x548.jpeg)
މިނިވަންކަންމަތީ ދިވެހިރާއްޖެ އަބަދު ވެސް ލެއްވުމަށް އެދިވަޑައިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ދުޢާ ކުރައްވައިފިއެވެ.
ރައީސް ޔާމިން ދުޢާކުރައްވާފައިވަނީ މިނިވަން ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެ ގޮތުން އެ މަނިކުފާނު ވަނީ މިނިވަންކަންމަތީ ދިވެހިރާއްޖެ އަބަދުވެސް ލެހެއްޓެވުމަށާއި, ޚާއިނުން ބަލި ކުރެއްވުމަށާއި, ޤައުމަށް އުފާ ފާގަތިކަން މިންވަރު ކުރެއްވުމަށް އެދިވަޑއިގެންފައެވެ.
މިއަދު މި ފާހަގަ ކުރަނީ ރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހެވެ. އިނގެރޭސީންގެ ހިމާޔަތުން ނެއްޓި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965 ޖުލައި 26 ގައެވެ.