ޚަބަރު އިޖުތިމާޢީ

ދިވެހިންނަކީ މިނިވަންކަން ދަމަހައްޓަން ޤުރުބާންވާ ބައެއް, ދިވެހިން ތިބޭނީ އެ ގޮތުގައި: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ދިވެހިންނަކީ މިނިވަންކަން ދަމަހައްޓަން ޤުރުބާންވާ ބައެއް ކަމަށާއި ދިވެހިން ތިބޭނީ އެ ގޮތުގެ މަތީގައިކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ ދިވެހިންނަކީ އަބަދު ވެސް މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށެވެ.

އަދި ދިވެހިންނަކީ އެ މިނިވަންކަން ހޯދުމަށާއި ދެމެހެއްޓުމަށް ކޮންމެ ޤުރުބާނީއެއް ވެދާނެ ބައެއްކަމާއި ދިވެހިން އެ ގޮތެއް ދުލެއް ނުކުރާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''ދިވެހިންނަކީ އަބަދުމެ ނިވަންކަމަށް ލޯބިކުރާ ބައެއް. އެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ގުރުބާންވާ ބައެއް. މި ގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެ. އެންމެ ދިވެހިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ.''

އިނގިރޭސިންގެ ހިމާޔަތުން ނެއްޓި ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ޖުލައި 26 ގައެވެ. ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުގައި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00 ޖެހިއިރުއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރު ބޮޑުވަޒީރަކަށް ހުންނެވި އިބްރާހިމް ނާޞިރެވެ.

Ads by Ooredoo
  1. އެެހެންވިޔާ އިންޑިޔާގެ އަޅުވެތިކަމުން ރާޖެސަލާމަތް ކުރަންވީނު ތިދެރައީސުންގެ އަތްމަތީގަވާކަމެންނުއެއީ

  2. ޢިންނު މުހައްމަދު

    ޢަންނި ދިވެހިންނަށް ތި މަލާމާތް ކުރަނީ އިންޑިއާގެ އަޅުވެތި ކުރުމަށް ކުރާ މަސައްކަތް ހުޓާނުލެވޭނެކަމަށް ބުނެތޯ

  3. ނާޅި

    ކޮންމެ 66 އަހަރު ފަހުން އިންގިރޭސިން އޭޝިޔާ ޤައުމު އަޅުވެތި ކުރަން އެމީހުންގެ އެޖެންޓުން އޭޝިޔާ ޤައުމުތަކަށް ފޮނުވާނެ ރާއްޖޭގައިވެސް އެއިގެ މީހަކު އެބައުޅޭ !