ޚަބަރު ސިޔާސީ

ދިވެހިން އަމިއްލަ ޤައުމުގައި ބިކަވެއްޖެ, ގޮތް ނިންމަނީ ބޭރު ބައެއް: ޑރ.ޖަމީލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

ދިވެހިން އަމިއްލަ ޤައުމުގައި ބިކަވެއްޖެ ކަމަށާއި, ގޮތް ނިންމަނީ ބޭރު ބައެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ.ޖަމީލް ވިދާޅުވީ އެއްވެސް ކަމެއް ދިވެހިންނަށް އެނގޭކަމަކަށް ސަރުކާރުން ނުދެކޭ ކަމަށާއި އެންމެ ފަހުން ޤާނޫނުތައް ބަދަލުކޮށްގެން ސިޔާސަތުތަކަށް ބޯލަނބަން މަޖުބޫރުކުރުވަމުންދާ ކަމަށެވެ. އަދި މި ޤައުމުން މިއަދު އިސްތިޢުމާރީންގެ ހުރިހާ ސިފަތަކެއް ފެންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ.ޖަމީލް ވިދާޅުވީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ވެސް މި ވެރިކަމުގައި ފެންނަ ކަމަށެވެ.

''ވަކި ޤައުމެއް ރުއްސަން ސިޔާދަތުވެސް ޤުރުބާން. ވަކި ޤައުމެއްގެ މައްޗަށް ޤާނޫނު ނުހިނގާ. ރާއްޖޭގައި ކިތަންމެ ކުށެއް ކުރިޔަސް އެ ޤައުމަކަށްވީތީ ފިޔަވަޅެއް ނޭޅޭ. އެމީހުންގެ އެންގުމަށް އަމިއްލަ ރައްޔިތުންނަށް އަނިޔާދެނީ'' އިންޑިއާއަށް ޢިޝާރަތް ކުރައްވައި ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ބޭރު ބައެއްގެ ގޮނޑި ކޮއްކޮއެއް ކަމަށާއި ލޯމަރައިގެން ތިބެން ހެޔޮނުވާނެ ކަމަށެވެ. މީގެ އިތުރުން ޑރ.ޖަމީލް ވަނީ ވެރިއަކު މިނިވަން ޤައުމެއްގެ ސިޔާދަތަށާއި މިނިވަންކަމަށް ޣައްދާރުވުމަށްވުރެ ވަކިން ބޮޑު ކުށެއް އޮންނާނެތޯ ސުވާލު ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!