ޚަބަރު ސިޔާސީ

ދިވެހިން އެދޭ އުންމީދީ ރާއްޖެއެއް ބިނާކުރަން އަޅުގަނޑު މިހިރީ ކެރިގެން ކުރިމަތިލާން: ނާޒިމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ނާޒިމް. ފޮޓޯ: މިހާރު

ދިވެހިން އެދޭ އުންމީދީ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކެރިގެން ކުރިމަތިލާން ތައްޔާރަށް ހުންނެވިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިވަންދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި ނާޒިމް ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި, އިސްތިޤުލާލާއި, މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓާނެ ކަމަށެވެ.
އަދި ދިވެހިންނަށް ޚިދުމަތް ދިނުމުގައި ހަމަ ހަމަކަން ގާއިމުކޮށްދޭނެކަމަށް ވެސް ވިދާޅުވިއެވެ.

އެ ކަންކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ދިވެހިން އެދޭ އުންމީދީ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކެރިގެން ކުރިމަތިލާން އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

''އަޅުގަނޑުމެންގެ މިނިވަންކަމާއި, އިސްތިޤުލާލާއި, މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓާ ދިވެހިންނަށް ޚިދުމަތް ދިނުމުގައި ހަމަ ހަމަކަން ގާއިމުކޮށްދީ, ދިވެހިން އެދޭ އުންމީދީ ދިވެހި ރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑު މިހިރީ ކެރިގެން ކުރިމަތިލާން'' ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޒަމާނުއްސުރެ މި ރާއްޖޭގައި ދަމަހައްޓަމުން އައި އިސްލާމީ ރިވެތި އުސޫލުތަކާއި މިންގަނޑުން ނެއްޓި ޤައުމުގެ ފޭރާން ރޫޅިފައިވާ ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ބައެއްގެ އަޚްލާޤު މިއަދު ވެއްޓިފައިވާ ދަރަޖައަކީ މިއަދު ކޮންމެ ދިވެހި މަޔަކާއި ބަފަަޔަކު, ކޮންމެ ބޭބެއަކާއި ކޮއްކޮއަކު ފުންކޮށް ވިސްނަންޖެހިފައިވާ ހާލަތެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!