އިޔާޟް, ނަޝީދަށް: އިސްލާމްދީނުގެ ކަންކަމުގެ ވާހަކަ ދެއްކޭނީ އެކަމުގެ އަހުލުވެރިންނަށް

އިސްލާމްދީނުގެ ކަންތައްތަކުގެ ވާހަކަ ދެއްކޭނީ އެކަމުގެ އަހުލުވެރިންނަށްކަމަށް ވިދާޅުވެ ޢަދާލަތު ޕާޓީގެ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިޔާޟް ރައްދު ދެއްވީ ޔޯގާ އާއި ގުޅިގެން ނަޝީދު ދެއްކެވި ވާހަކައާ ގުޅިގެންނެވެ. ނަޝީދު އެ ވާހަކަ ދައްކަވާފައިވަނީ ޢިލްމީ ތަފްސީލުތަކުގެ އަލީގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވައިލައި ޢާންމު ވެސް ކޮށްފައިވަނިކޮށެވެ.
އެ ގޮތުން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުގައެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.
ނަޝީދަށް ރައްދުދެއްވަމުން އިޔާޟް ވިދާޅުވީ ކޮންމެ ކަމެއްގައި އިޖްމާޢު އޮންނާކަށްނުޖެހޭ ކަމަށެވެ. އަދި ޔޯގާ ޙަރާމްކަމަށް ބުނެވެނީ ވަކި ބޭފުޅެއްގެ ފަލްސަފާއަކަށް ނުވަތަ ހަވާނަފްސަށް ބުރަވެގެންނެއް ނޫން ކަމަށާއި ދަލީލުތަކާއި އެކަމުގެ އަސްލު އައިސްފައިވާ ގޮތްތަކަށް ރިޢާޔަތްކޮށްގެން ކަމަށެވެ.
އިޔާޟް ވިދާޅުވީ އިސްލާމްދީނުގެ ކަންތައްތަކުގެ ވާހަކަ ދެއްކޭނީ އެކަމުގެ އަހުލުވެރިންނަށް ކަމަށެވެ.
އަލިފާން އަދި ފެން ބޭނުން ކުރަނީ ކީއްކުރަން މުސްލިމުން