އިޖުތިމާޢީ ދީން

ރައީސް ނަޝީދާއި ޙަސަން ލަޠީފް ޤާނޫނާ ޚިލާފުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ނަޝީދު އަދި ޙަސަން ލަޠީފް. ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާަޔަތްކުރުމުގެ ޤާނޫނާ ޚިލާފުވެއްޖެއެވެ.

Ads by MWSC

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާަޔަތްކުރުމުގެ ޤާނޫނުގައިވާ ގޮތުން ރާއްޖޭގައި ދީނީ ތަޤްރީރުކޮށް, ޢާންމުކޮށް އަދި ދީނުގެ ޙުކުމްތައް ބަޔާންކުރަންވާނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ހުއްދަ ދެވޭ މީހުންގެ ޝަރުތުތަކުގެތެރޭގައި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވަރސިޓީ/ކޮލެޖް/މަރުކަޒަކުން އިސްލާމްދީނުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތިން ސެޓްފިކެޓެއް ހާސިލުކޮށްފައިވާ މީހަކަށްވާންޖެހެއެވެ.

މީގެ އިތުރުން އެ ޤާނޫނުގެ 04 ވަނަ މާއްދާގެ (ހ) ގައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތް ކުރުމާއި މީހުންގެތެރޭގައި ދީނީ ގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދެއްކުމާއި އެފަދަ ޢަމަލުތައް ހިންގުމަކީ އަދި ހިންގަން އުޅުމަކީ މަނާކަމެއް ކަމަށެވެ.

ދިވެހި ސަރުކާރުން ޔޯގާ ހަރަކާތްތަކަށް ފުރުސަތު ފަހިކޮށްދީފައިވާއިރު, ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ވަނީ “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއް އެކުލަވައިލައި އެއީ ޙަރާމްކަމެއްކަމަށް ބުނެފައެވެ. އޭގެ އިތުރުން ވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ އެ ކަމުގެ ޙުކުމްތައް ބަޔާންކުރައްވައި ކެނޑިނޭޅި ޓުވީޓު ކުރައްވަމުންނެވެ.

އެކަމަށް ރައްދު ދެއްވައި ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުގައެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.
ނަމަވެސް ނަޝީދަކީ ފަތުވާ ނުވަތަ ދަރުސް ނޫންނަމަ އެފަދަ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސެއް ވެސް އޮތް ބޭފުޅެއް ނޫނެވެ.

ނަޝީދުގެ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ޢިލްމުވެރިން ވަނީ ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް ވެސް ގޮވައިލައްވާފައެވެ.

އެކަން އެހެން އޮއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވީ ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައި ވެސް އަދި އެއްވެސް ޤާނޫނެއްގައި ވެސް މަނާކަންކަމެއް ނޫން ކަމަށާއި, އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން ލަޠީފް ވިދާޅުވީ އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ލަޠީފް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާހެން 104 ޢިލްމުވެރިންގެ ފަރާތުން ޔޯގާގެ ޝަރުޢީ ޙުކުމް ބަޔާންކުރައްވައި ''ޢިލްމުވެރިންގެ ގުޅުމުން'' މިއަދު ކަރުދާހެއް ވެސް ޢާންމުކޮށްފައި ވަނިކޮށެވެ. އެ ކަރުދާހުގައި ވެސް ވާ ގޮތުން ޔޯގާއަކީ ޙަރާމް ކަމެކެވެ. އަދި ޔޯގާ ތަޢާރަފު ކުރުމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫންގެ
މަގުސަދަކީ ޔޯގާ މެދުވެރިކޮށް އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށެވެ. އޭގެ އިތުރުން އެ ދީނަށް މީސްތަކުން ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދަޢުވަތެއް ދިނުމާއި, ރީތި ނަމެއްގައި ރަނގަޅު ޝިޢާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުވުން ކަމަށް ވެސް ކަރުދާހުގައި ބުނެފައިވެއެވެ.

Ads by Allied Insurance
  1. ކަޅުބުޅާ

    ގައުމަށއ ޖެހިފާތިބި ބަލާވެރިންތަކެއް. ހުސް ވަގުން، ހުސް ކުޅިން.. ހުސް ރޯނުއެދުރުން..

  2. ބަލާވެރި ކަމުން ރާއްޖެ ސަލާމަތް ކުރައްވާންދޭވެ

  3. ދެހާސް ތޭވީސް

    މައްސަލަ ބަލަން ޖެހޭނެ