ޚަބަރު

ޔޯގާގެ ޒުވާބުގެ ތެރެއަށް އަމްރު: ދީނުގައި ޙަރާމް ނޫންކަންކަން ޙަރާމް ކޮށްގެން ނުވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ ސަން

ދީނުގައި ޙަރާމް ނޫންކަންކަން ޙަރާމް ކޮށްގެން ނުވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަމްރު މިހެން ވިދާޅުވެފައިވަނީ ޔޯގާގެ ޙުކުމާއި ގުޅޭގޮތުން ދީނީ ޢިލްމުވެރިންނާއި ސިޔާސީ ބައެއް ފަރާތްތަކުގެ ޒުވާބެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ރާއްޖޭގެ 104 ސޮއިކޮށް، ޔޯގާ އަކީ ޙަރާމް ކަމެއް ކަމަށް މިއަދު ވަނީ ލިޔުމެއް ނެރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިއްޔެވަނީ ޔޯގާ ހަރާމް ކަމަށް ލިޔުމެއް ނެރެފައެވެ.

ޔޯގާގެ ހުކުމާއި ގުޅޭ ގޮތުން ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއަރ ހަސަން ލަތީފު ފާހަގަކޮށްލެވެއެވެ.

މިއަދު އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދީނުގަ ނެތް ކަންކަން ދީނުގެ ތެރެއަށް ވެއްދުމާއި ދީނުގައި ހަރާމްނުވާ ކަންކަން ހަރާމްކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ސީދާ ޔޯގާގެ ވާހަކަ އަމްރުގެ ޓްވީޓްގައި ވިދާޅުވެފައި ނެތް ނަމަވެސް، އިޝާރާތް ކުރައްވަނީ އެކަމަށް ކަމަށް ލަފާ ކުރެވެއެވެ.

އަމްރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮންނަ ކަމަށާއި ދެ މީހަކު އެއްވެލާފަ ކަމެއް ހަރާމް ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫން ކަމަށެވެ.

އިސްލާމް ދީނުގައި ޙުކުމް ކަނޑައެޅޭނެ މަސްދަރުތައް ކަމަށްވާ، ޤުރުއާން، ސުންނަތް އަދި އިޖުމާއު ކަމަށް ވިދާޅުވަމުން އަމްރު ވިދާޅުވީ އަމިއްލަ ނަފްސުގެ ރަައުޔުގެ މައްޗަށް ބިނާކޮށް އުސޫލުން ބޭރުން ކަންކަން ނިންމުމުން މަުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

Ads by HDC
  1. ބަޗީ

    ޢިލްމުވެރިންގެ ބޮޑު ޖަމާޢަތަކުން، ކީރިތި ޤުރްއާނާއި އެންމެ ފަހުގެ މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މޫރިތި ބަސްފުޅުތަކުގެއަލީގައި ޙަރާމްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ދެއްވުމުން، ތަންދޮރު ނުދަންނަ ފާސިދު ބަޔަކު އެމީހުންގެ ވިޔަފާރި މުދާ ވިއްކާ ބީދައިން އިސްލާމްދީނުގައި ޙަރާމް ޙަލާލު ކަންކަން އެއީ ސޭލް އާޅުވައިގެން ވިއްކާއެއްޗެއްތޯ؟؟

  2. ާަަަަަައާމިނާ

    ” ދީނުގެ ކަންކަން ނިންމުމަށް ވަކި އުސޫލެއް އޮންނަ ކަމަށާއި ދެ މީހަކު އެއްވެލާފަ ކަމެއް ހަރާމް ހަލާލް ކުރުމަކީ ދީނުގަ އެކަން އޮންނަގޮތެއް ނޫން ކަމަށެވެ. ”
    ޢެހެން ވީމާ މަޤާމްްގެ ދަހިވެތި ކަމުގައި ބޭކާރު އަނގަ ނުތަޅާ ހުރުން ރަނގަޅުވާނެ.

  3. ދީނީ އިލްމުވެރިންގެ މައްޗަށް ދީނުގެ ކަންކަމުގަ ބަސްކިޔާނީ އެންމެ ބޮޑެތި ގަމާރުން.

    • ބަސް

      ދޯ ކާރީ ބުނެލަން އޮތީ އަމްރު އަކީ ވެސް އަރަބި ބަހުން ދީނީ އިލްމު ހާސިލް ކުރައްވައިގެން ހުރި ބޭފުޅެއް.