ދުނިޔެ

ޗައިނާއިން މިޔަންމާއަށް ޕްރެޝަރު ކުރުމަށް އެމެރިކާއިން އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިޔަންމާއިން ހަތަރު އެކްޓިވިސްޓުން މަރާލުމާ ގުޅިގެން އެ ޤައުމަށް ޕްރެޝަރު އިތުރުކުރުމަށް އެމެރިކާއިން ޗައިނާއަށް އިލްތިމާކޮށްފިއެވެ..

Ads by Sosun Fihaara

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ ޗައިނާއަށް އެހެން ގައުމުތަކަށް ވުރެ ބޮޑަށް މިޔަންމާއަށް ނުފޫޒު ފޯރުވޭނެ ކަމަށާއި ނަމަވެސް ޗައިނާއިން ބުނީ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

މިޔަންމާގެ ޑިމޮކްރަޓިކް ސަރުކާރު ބަޣާވާތަކުން ވައްޓާލާ އެ ޤައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަނީ އަސްކަރިއްޔާއިންނެވެ. މިލިޓަރީން އުފައްދާފައިވާ ޖަންޓާ ސަރުކާރުން ދަނީ ގިނަ ބައެއްގެ ޙައްޤުތައް ހިފަހައްޓާ ސަރުކާރާ ދެކޮޅަށް ނިކުންނަ ފަރާތްތަކަށް ހަރުކަށި އަދަބު ދެމުންނެވެ.

އެ ހަތަރު މީހުންނަށް މަރުގެ އަދަބު ދިނުމުގެ ކުރިން ވީޑިއޯ ލިންކުން އާއިލާގެ މެމްބަރުންނާ ވާހަކަ ދެއްކުމުގެ ހުއްދަ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ ޖަންޓާއާ އެކު އާންމުކޮށް ވިޔަފާރިއެއް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގައުމުތަކަށް އިތުރު ކަންތައްތަކެއް ކުރުމަށް. އަޅުގަނޑުމެން އިތުރަށް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ހުރިހާ ގައުމަކުން ވެސް އެގައުމަށް އަސްކަރީ ސާމާނު ވިއްކުން މަނާކުރުމަށާއި އެ ޤައުމަށް އެހީ ނުވުމަށް ގޮވާލާފައެވެ.

އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިގެން 100 މީހުންނަށް ވަނީ މަރުގެ ހުކުމް އިއްވާފައެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުރަނީ އެކި ދައުވާތަކެވެ. މަރުގެ ހުކުމް އިއްވި ބައެއް މީޙުންނަށް ސަރުކާރުގެ ޖާސޫސުން މެރި ކަމުގެ ތުހުމަތު ވަނީކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!