ޚަބަރު ޝަރުޢީ ދާއިރާ

ޔޯގާ ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހު 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

ފުލުުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުުކުރީ އިއްޔެ ކަމަށެވެ. އެއީ ޢުމުރުން 36 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މީހުންގެ އިތުރު ތަފްސީލެއް ހާމައެއްނުކުރެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެއިން އެކަކު ހައްޔަރުކުރީ ހުޅުމާލެއިންނެވެ. އޭނާ ހައްޔަރުކުރީ ހަމަނުޖެހުން ރޭވިކަމުގެ ތުހުމަތުގައެވެ. މަޢުލޫމާތު ލިބޭ ގޮތުން އެއީ މުޙައްމަދު ފައިސަލް ކިޔާ މީހެކެވެ.

ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން 21 މީހުން ހައްޔަރުކުރިއެވެ. ނަމަވެސް ބައެއް މީހުން ވަނީ ދޫކޮށްލައިފައެވެ.

Ads by Allied Insurance
  1. ޔޯގާ ހަރަކާތަކީ ހިންދޫ ދީން ރާއްޖޭގައި ފަތުރަން ހިންގާ ހަރަކާތެއް މިކަން ދިވެހިން ހުއްޓުވަންޖެހޭ !