Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވަކީލުކުރުމަކީ ކަންކަންކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު ރައްކާތެރިކަން ލިބޭނެކަން ކަށަވަރުކުރުން: ހުކުރު ހުތުބާ

ވަކީލުކުރުމަކީ ކަންކަންކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު ރައްކާތެރިކަން ލިބޭނެކަން ކަށަވަރުކުރުން: ހުކުރު ހުތުބާ

މާތް ﷲ އަށް ވަކީލު ކުރުމަކީ ދެ އަތް އުރާލައިގެން ތިބުން ނޫން ކަމަށާއި އެއީ ކަންކަން ރަނގަޅު ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފައި، ﷲގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނެ ކަން ކަށަވަރު ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލި އަޅުވާލާފައިވަނީ ހިޖުރައިގެ ފިލާވަޅުތަކުގެ މައްޗަށެވެ. ހުތުބާގައި ބުނި ގޮތުގައި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންކަން ދޫކޮށް، ހެޔޮ މަގަށް ރުޖޫއަވުމެވެ.

ހިޖުރައިން ގިނަ ފިލާވަޅުތަކެއް ލިބޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ފިލާވަޅަކީ އިސްލާމްދީނަށް ޓަކައި ތިބާގެ ހުރިހާ ކަމެއް ގުރުބާން ކުރުމުގެ މަތިވެރި ފިލާވަޅެވެ.

Advertisement
HDC — Sidebar (box)

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ އެ ކަމެއް ފެށުމުގެ ކުރިން ފުރިހަމައަށް ކަންކަން ކުރާނެ ގޮތް ރޭވުން ކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި  ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބޭނެ ކަން ވެސް ހިޖުރައިގެ ފިލާވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

އަދި، މާތް ﷲއަށް ވަކީލުކުރުމަކީ ހިޖުރައިން ލިބޭ އެންމެ ބޮޑު އިބުރަތް ކަން ފާހަގަކޮށް، ވަކީލު ކުރުމަކީ ހަމައެކަނި ދެ އަތް އުރާލައިގެން ތިބުން ނޫން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ވަކީލު ކުރުމަކީ ކަންކަން ރަނގަޅޫ ކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، ﷲގެ ހަޟްރަތުން ރައްކާތެރިކަން ލިބޭނެ ކަން ޔަގީންކޮށްގެން ތިބުމެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ވަނީ އާޝޫރާ ދުވަހުގެ މަތިވެރިކަމާއި އެ ދުވަހު ރޯދަ ހިފުމަކީ ސުންނަތެއް ކަން ވެސް ހަނދާން ކޮށްދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް