ޚަބަރު

ލިވާތު ކުރުމުގެ ތުހުމަތުގައި ނޫސްވެރިޔާ ނަސީރު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި މައްސަލާގައި ނޫސްވެރިޔާ އަބްދުﷲ ނަސީރު ހައްޔަރުކޮށްފިއެވެ.

Ads by Hajj Corporation

ރާއްޖެޓީވީގައި ކުރިން މަސައްކަތް ކުރި ނޫސްވެރިއެއް ކަމަށްވާ ނަސީރު ހައްޔަރު ކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ނަސީރުގެ ވީޑިއޯ ލީކުވެފައި ވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާ އެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވި ދުވަސްކޮޅުގައެވެ. ނަމަވެސް ނަސީރުގެ ވީޑިއޯއިން ފެންނަނީ އަލަމްގިރް އެއް ނޫނެވެ.

ސޯޝަލް މީޑިއާގައި އާންމުވި، ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހާ ފެންނަ ވީޑިއޯގައި އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް ވެސް ބައެއް ނޫސްތަކުން ތުހުމަތު ކުރިއެވެ. ނަމަވެސް އެއީ ތުހުމަތުތަކަށް އިންކާރުކޮށް، ސަލީމުވަނީ އަބުރުގެ ދައުވާ ވެސް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!