Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ބޮލީވުޑް

މަރުގެ އިންޒާރުތަކާ ގުޅިގެން ސަލްމާން ޚާން ބުލެޓްޕްރޫފް ކާރެއް ގަނެފި

މަރުގެ އިންޒާރުތަކާ ގުޅިގެން ސަލްމާން ޚާން ބުލެޓްޕްރޫފް ކާރެއް ގަނެފި

ނުރައްކާތެރި ގޭންގެއްގެ ފަރާތުން މަރުގެ އިންޒާރުތަކެއް ލިބުމާ ގުޅިގެން ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ޚާން، ބުލެޓްޕްރޫފް ކާރެއް ގަނެފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މިދިޔަ މަހުގެ 5 ވަނަ ދުވަހު، ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ހެނދުނު ހިނގާލަން ނިކުތް ވަގުތު، އޭނާއަށް ވަނީ މަރުގެ އިންޒާރުދީ ގޭންގަކުން ސިޓީއެއް ފޮނުވައިފައެވެ.

ފުލުހުން ބުނި ގޮތުގައި ސަލީމްއަށް އެޑްރެސްކޮށް ލިޔެފައިވާ އެ ސިޓީ ފުރަތަމަ ފެނިފައިވަނީ އޭނާގެ ސެކިއުރިޓީ އަކަށެވެ. އޭގައި ލިޔެފައި ވަނީ ލަވަކިޔުންތެރިޔާ މޫސްވާލާއަށް ހަދާލި ގޮތް ސަލީމްއާއި ސަލްމާނަށް ވެސް ހަދާލާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

މިއަހަރު ކުރީކޮޅު ލަވަކިޔުންތެރި މޫސްވާލާ އޭނާގެ ކާރުގައި އަންނަނިކޮށް ބަޔަކު ވަނީ ކާރަށް ބަޑި ޖަހައި އޭނާ މަރާލައިފައެވެ. ފުލުހުން ތުހުމަތު ކޮށްފައި ވަނީ އެއީ އިންޑިއާގެ މަޝްހޫރު ނުރައްކާތެރި ގޭންގެއް ކަމަށްވާ ލޯރެންސް ބިޝްނޯއި ގެ ގޭންގުން ދީފައިވާ ހަމަލާއެއް ކަމަށެވެ.

މަރުގެ އިންޒާރާ ގުޅިގެން ސަލްމާން ޚާންގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ އިތުރުން، އޭނާ މިހާރު ވަނީ ހަތިޔާރު ހިމެނޭ ޓޮޔޯޓާ ލޭންޑް ކްރޫޒަރ ބުލްޓްޕްރޫފް ކާރެއް ގަނެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އިންޑިއާ ފުލުހުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް