ޚަބަރު

ރައްޔިތުން އުފަލާއެކު އިންތިޚާބު ކުރާނެ ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީން: ޑރ. ޖަމީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ޑރ. ޖަމީލް ވާހަކަފުޅު ދައްކަވަނީ

2023ގައި ރައްޔިތުން އުފަލާއެކު އިންތިޚާބު ކުރާނެ ހަމައެކަނި ”ޗޮއިސް”އަކީ ރައީސް އަބްދުﷲ ޔާމީންކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެެވެ.

Ads by STELCO

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމުމާ ގުޅިގެން އޭނަ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީނަކީ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް ރައްޔިތުންނަށް ބޮޑު ތަފާތެއް ދެއްކުވި ބޭފުޅެއް ކަމަށެވެ.

"މިނިވަންކަން ވިއްކާނުލާނެކަން. ދީނުގައި ހިފަހައްޓަވާނެކަން. ވިޝަނަރީ ތަރައްވީ ސާބިތުކޮށްދެއްވައިފި. ރައީސް ޔާމީނަކީ ދެހާސް ތޭވީހުގައި ރައްޔިތުން އުފަލާއެކު އިންތިޚާބުކުރާނެ ހަަމައެކަނި ޗޮއިސްކަން ޔަޤީން. ހޫނު މަރުޙަބާއެއް!" ޖަމީލުގެ ޓްވީޓްގައި ވިދާޅުވިއެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑެސީ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ގަބޫލުކުރެއްވީ ރޭގެ ވަގުތެއްގައެވެ. އިދިކޮޅުގެ ރިޔާސީ ޓިކެޓުގައި އިންތިހާބަށް ރައީސް ޔާމިން ނިކުންނެވުމަށް ހުށަހެޅީ ރޭ ބޭއްވި ޕީޕީއެމް، ޕީއެންސީ ޖޮއިންޓް ސެނެޓު ބައްދަވުމުގައެވެ. އަދި އެގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

Ads by HDC
  1. ާއައިމިނާ

    ރައީސް ޔާމީން އަކީ އަނިޔާވެރިއަކަށް ވީމަ އޭނައަށް ނޫނެކޭ ބުނަން