ޚަބަރު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓުމެންޓުގެ ހެޑް އަކަށް ހިސްކޮށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އާ ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ހޫދު ވިދާޅުވީ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ ހިސާން ކަމަށެވެ.

ހިސާންއަކީ ރައީސް އޮފީހުގައި އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި ހޫދަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ޑިޕާޓްމަންގެ އިސްވެރިޔާއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމުވެސް މީގެކުރިން ހުދު އަދާކުރައްވާފައިވެއެވެ. އެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މަބްރޫކް އަޒީޒެވެ.

ޙިސާނަކީ ކުރިން ދިރާގުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ މާކެޓިން އެންޑް އިންޓަނޭޝަނަލް ބިޒްނަސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވާސިޓީންނެވެ. ރައީސް އޮފީހުގެ ވަޒީފާއާ ގުޅިވަޑައިގަތީ 2019 ވަނަ އަހަރުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!