ޚަބަރު

ބެހިގެން އަންނަ ޖަނަވާރުތަކަށް ގޯނާ ނުކުރުމަށް އީޕީއޭއިން އިލްތިމާސްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބެހިގެން ރާއްޖެއަށް އަންނަ ޖަނަވާރުތަކަށް ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.

Ads by Hajj Corporation

އީޕީއޭއިން މިއަދު ބުނީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލް ފަދަ ޖަނަވާރު ހިފަން އުޅެ, އެފަދަ ދިރުންތަކަށް އުނދަގޫކޮށް ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެ ބާވަތުގެ ސީލަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫން ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން މި ގޮތަށް އިލްތިމާސްކޮށްފައި މިވަނީ އައްޑޫ ސިޓީގެ ކަންބިހަ ބީޗަށް އިއްޔެ ސީލެއް އެރުމާ ގުޅިގެންނެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެ ސީލް ވަނީ ފަޅުތެރެއިން ބޭރުކޮށްފައެވެ.

https://twitter.com/EPAMaldives/status/1553969911294091265?t=hWzTKIC60GbFlaJKOY1qJw&s=19

2016 ވަނަ އަހަރު ވެސް އައްޑޫ ސިޓީން ސީލެއް ވަނީ ފެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!