ޚަބަރު

އިންޑިއާއިން ދިނީ ކެންޕެއިން ފައިސާ، އެޅުވީ ރައްޔިތުންގެ ބޮލުގައި: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މުހައްމަދު ސައީދު / ފޮޓޯ: ދެން އިމޭޖްސް

ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑިއާއިން އިއްޔެ ދިން 100 ޑޮލަރުގެ ލޯނަކީ އެމްޑީޕީއަށް ރިޔާސީ ކެންޕެއިނަށް ދިން ފައިސާ ކަމަށް ބުނާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާއިން މިހާރު ދީފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް 100 މިލިޔަން ޑޮލަރު އިތުރުކޮށްދީފައިވަނީ އެ ޤައުމުން ހިންގަމުން އަންނަ މަޝްރޫއުތައް އަވަސް ކުރުމަށެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއިން ދޭން އެއްބަސްވި 100 މިލިއަން ޑޮލަރުގެ ލޯނާއިއެކު ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއަށްވުރެ މަތިވީކަމަށާއި އެ ފައިސާއަކީ ކެމްޕެއިން ފައިސާކަމަށްވީ ނަމަވެސް އެވެސް އެޅުވީ ރައްޔިތުންގެ ބޮލުގައިކަމަށެވެ.

އިންޑިއާއަށް ރައީސް ޞާލިޙް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި އިއްޔެވަނީ އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އިދިކޮޅުން އަބަދުވެސް ފާޑު ކިޔައެވެ. ޚާއްސަކޮށް އިންޑިއާއެކު ބާއްވާ އަސްކަރީ ގުޅުމަށް އިދިކޮޅުުގެ ފާޑު ކިޔުން އަބަދުވެސް އަމާޒުވެއެވެ. އިދިކޮޅުންދަނީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ކެންޕެއިނެއް ހިންގަމުންނެވެ.

  1. ފިނިފެންމަލެކޭ

    ކޮބާ 20 އަހަރުގެ ކުއްޖާ އަށް ފުލެޓްގަނެދީ ޔޫކޭގަ ބަހައްޓާފަޢެހެރީނކޮންތާކުނ ހޯދި ފައިސާއަކުންބާ! ތިތާކުނެތް ވާހަކަ ދެއްކޭނެ އެކަކުވެސް ފިނިފެންމާ