ސިނަމާލެ ބުރިޖު ކައިރިން ޑިންގީއެއް ބަންޑުންޖަހާލައިފި

ސިނަމާލެ ބުރިޖު ކައިރިން ޑިންގީއެއް ބަންޑުންޖަހާލައިފިއެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 07:00 ހާއިރުގައެވެ.
ޑިންގީ ބަންޑުންޖަހައިލިއިރު އޭގައި ދެ މީހުން ތިއްބެވެ. ނަމަވެސް މެރިން ޕޮލިސްގެ ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ އެ ދެ މީހުން ސަލާމަތްކޮށްފައެވެ. އެ މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ރިޕޯޓުކުރި ގޮތުގައި މާލެ ރާޅުގަނޑު ސަރަހަށްދަށް "ބެންހާ-4" ނަމަކަށް ކިޔާ ޑިންގީއެއް ބަންޑުންޖަހައިލިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 07:16 ހާއިރުއެވެ. އެ ގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އެ ޑިންގީ އެއްގަމަށް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ads by Allied Insurance