ސަރުކާރުގެ ވެރިން ތިބެނީ ހިނައިގަނެގެންތޯ ބަލާ ހިސާބަށް ކަންކަން ގޮސްފި: އަފޫ

މި ސަރުކާރުގެ ވެރިން ތިބެނީ ހިނައިގަނެގެންތޯ ބަލާ ހިސާބަށް ކަންކަން ގޮސްފިކަމަށް ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ވިދާޅުވެއްޖެއެވެ.
އަފޫ މިހެން ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޟަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
އަފޫ ވިދާޅުވީ ދެން ތިބި އެންމެންނަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަހަލަ ބޮޓުންކަމަށް އޭސީޕީ ރިޔާޟަށް ހީވާ ކަހަލަ ކަމަށެވެ.
''ރިޔާޟް ސަރ ރަނގަޅަށް ފެންވަރުވާބަލަ.'' ފުލުހުންނަށް ޓެގްކުރައްވައި އަފޫ ވިދާޅުވިއެވެ.
އަފޫ ވިދާޅުވީ ސަރުކާރުގެ ވެރިން ތިބެނީ ހިނައިގަނެގެންތޯ ބަލާ ހިސާބަށް ކަންކަން ގޮސްފިކަމަށެވެ. އަފޫ ވަނީ ފަނޑިޔާރުގެއަށް ''އަޅާ ކޮންމެ ކަޅިއެއް'' ދާދިއަވަހަށް އެ މީހަކާ ބައްދަލުކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.
މި ސަރުކާރުގެ ވެރިން ތިބެނީ ހިނައިގަނެގެންތޯ ބަލާ ހިސާބަށް ކަންކަން ގޮސްފިކަމަށް އަފޫ ވިދާޅުވިއިރު ރައީސް ޞާލިޙް ބަދުއަޚްލާޤީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުރިކަމަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރު އައިފަހުން ވަނީ ލިވާތުކުރުން ވެސް ޢާންމުވެފައެވެ.