ޚަބަރު ސިޔާސީ

ރައީސް ޞާލިޙް ވީ ވަޢުދުތައް ފުއްދައިދޭން ވެސް އުޅެން ޖެހެނީ އިދިކޮޅު ކޯލިޝަނުން: ޝުޖާއު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަންނަވަންވެގެން ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަން މަސައްކަތްކުރަން މި ޖެހެނީ އިދިކޮޅު ކޯލިޝަނާކަމަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޗެނަލް 13 ގެ ''ނިއުސް ޓޯކް'' ޕްރޮގްރާމްގައި ޝުޖާއު ވިދާޅުވީ
ފަނޑިޔާރުގެ އިސްލާހުކޮށް މިނިވަންކަމާއެކު ފަނޑިޔާރުންނަށް ޙުކުމް ކުރެވޭނެ ގޮތަށް ވަޢުދުވެގެން އައި ސަރުކާރުގެ ހާލަތު ހުރި ގޮތަކީ, އިދިކޮޅުގެ މެންބަރަކު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ހުށަހެޅުއްވީމާ ވެސް ބަލައިނުގަތުން ކަމަށެވެ.

''މީ ފަނޑިޔާރުގެ އިސްލާހުކޮށް މިނިވަންކަމާއެކު ފަނޑިޔާރުންނަށް ޙުކުމް ކުރެވޭނެ ގޮތަށް ވަޢުދުވެވަޑައިގެން އައި ސަރުކާރުގެ ހާލަތު އޮތް ގޮތް. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މި މީހުންގެ ވަޢުދާ އެއްގޮތަށް އެކަން ނުކުރެވިގެން މި ސަރުކާރުން ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެކަން ނުކުރެވިގެން އަޅުގަނޑުމެން އެ ވަޢުދު ފުއްދަދޭން މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހެޅީމަ ވެސް ދެފަހަރު ވެސް ރިޖެކްޓްކުރީ.''

ޝުޖާއު ވިދާޅުވީ މީ ޢަދުލުއިންސާފު ގާއިމުކުރުމަށް ވަޢުދުވެގެން އައި ސަރުކާރުގެ ފެންވަރު ކަމަށެވެ.

ޖޭއެސްސީ އެކުލަވައިލާފައިވާ ގޮތް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް), ފުރަތަމަ ހުށަހެޅުއްވީ 2020 ވަނަ އަހަރުގައެވެ. ނަމަވެދް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ފަހަރު އެ އިސްލާހު ބޭރުކޮށްލީއެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ދެ ވަނަ ފަހަރަށް ޠާރިޤް އިސްލާހު ހުށަހެޅުއްވިއެވެ. އެކަމަކު އެ އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމައިލިއިރު ވެސް އިސްލާހު އެޖެންޑާ ނުކުރެވުނެވެ. މި އަހަރު އެ ބިލުގެ ބަހުސްތައް ފެށި ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ވާހަކަތައް ހުރީ އަދި ކޮމްޕޮޒިޝަން ބަދަލުކުރާ ގޮތަކަށް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!