ދުނިޔެ

ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާނު ސަރަޙައްދަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
BALTIC SEA - JULY 27, 2017: China's Hefei destroyer (R) and Russia's Steregushchy corvette take part in the Maritime Cooperation 2017 Russian-Chinese joint naval exercises in the Baltic Sea. Vitaly Nevar/TASS (Photo by Vitaly NevarTASS via Getty Images)

ޗައިނާއިން ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދަށް ވަންނަން ފަށާފައިވާ ކަމުގައި ޓައިވާނުން ބުނެފިއެވެ. ޗައިނާއިން އަސްކަރީ ތަމްރީނުތަކެއް ފަށާފައި މި ވަނީ، އެ ޤައުމުގެ އިންޒާރުތަކަށް ބެލުމެއް ނެތި، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތަކާ ގުޅިގެންނެވެ.

Ads by Sosun Fihaara

ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނާއި، އެ ކަމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ޗައިނާއާއި ޓައިވާން ގުޅޭ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ހިންގާނެ ކަމުގެ އިންޒާރު ޗައިނާއިން ވަނީ ދީފައެވެ. ޓައިވާނުން ބުނީ، ޗައިނާގެ އަސްކަރިއްޔާގެ 10 މަނަވަރެއް އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައެވެ. އަދި، ޓައިވާނުގެ މަނަވަރުތަކުން އެ އުޅަނދުތައް ފައްސައިލާފައިވާ ކަމުގައެވެ. އެ ސަރަޙައްދުގައި ދެ ޤައުމުގެ މަނަވަރުތައް މިހާރު ވެސް ތިބީ ތައްޔާރީ ހާލަތެއްގައެވެ.

ތތމީގެ އިތުރުން، ޗައިނާގެ ވައިގެ ސިފައިންގެ އުޅަނދުތަކުން ވެސް ދަނީ ޓައިވާނުގެ ވައިގެ ސަރަޙައްދަށް ވަންނަމުންނެވެ. އެ އުޅަނދުތަކާ ކުރިމަތިލުމަށް ޓައިވާނުން ވެސް ވަނީ އަސްކަރީ މަތިންދާބޯޓުތައް އެ ސަރަޙައްދަށް ފޮނުވާފައެވެ. ނަމަވެސް، ދެ ޤައުމުގެ އުޅަނދުތަކުގެ މެދުގައި އެއްވެސް ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ. މި ކަމާ ގުޅިގެން، ޓައިވާނުން ވަނީ އެ ޤައުމުގެ މިސައިލުން ދިފާޢުވާ ނިޒާމުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމުގައި ޓައިވާނުން ބުނެއެވެ.

ޓައިވާނުގެ ކަނޑުގެ ސަރަޙައްދަށް އަމާޒުކޮށް ޗައިނާއިން ދެ މިސައިލެއް ވެސް ފޮނުވައިލާފައިވާ ކަމުގައި ޓައިވާނުން ބުނެއެވެ. "ޑޮންގްފެންގް" މަރުކާގެ ބެލިސްޓިކް މިސައިލްތައް ވެއްޓިފައި ވަނީ ޓައިވާނުގެ އިރުއުތުރާއި ހުޅަނގުދެކުނުން ކަނޑުގެ ސަރަޙައްދަށް ކަމުގައި ޓައިވާނުން ބުނެއެވެ. މި ދެ މިސައިލް ފޮނުވައިލާފައި ވަނީ، ޓައިވާނުގެ ރަށެއް ކަމުގައިވާ މަޓްސޫ ކައިރީގައި އޮތް ޗައިނާގެ އަސްކަރީ މަނަވަރަކުން ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

ޗައިނާއިން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށާފައި މި ވަނީ، ޓައިވާނުގެ މައްސަލަ ހައްލު ކުރުމުގައި ޞުލްޙައާއި މަޝްވަރާ އިސް ކުރުމަށް ޖީ7ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ. "ޓައިވާނަށް ޤައުމެއްގެ އިސް ލީޑަރެއް ކުރެއްވި ޒިޔާރަތަކާ ގުޅިގެން އަސްކަރީ ބާރުވެރިކަން ދެއްކުމަކީ ހުއްޖަތެއް ނޫން. ޤާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުން އެއް ޤައުމުން އަނެއް ޤައުމަށް ޒިޔާރަތްކޮށް، ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަކީ ޢާންމުކޮށް ހިނގާ ކަމެއް،" ޖީ7ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ޗައިނާއިން ވަނީ މި ކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި، ޗައިނާއާއި ޖަޕާނުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ކެމްބޯޑިޔާގައި ބޭއްވުމަށް ރާވާފައިވާ ބައްދަލުވުން މިހާރު ކެންސަލް ކޮށްފައިވާ ކަމުގައި ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!