ޚަބަރު

މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވުމަކީ ވާޖިބެއް: ހުތުބާ

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ކޮންމެ އިންސާނަކީވެސް އަނެކުންގެ އެހީތެރިކަމާއި، މަދަދަށް ބޭނުންވާ ބައެއް ކަމަށާއި، މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ، ހަމްދަރުދީ ވުމަކީ އަހަރުމެންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

Ads by STELCO

"އިސްލާމީ އަޚުވަންތަކަން" މި މައުލޫއަށް މިއަދުގެ ޚުތުބާ ހާއްސަކޮށްފައިވާއިރު މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ރިވެތި ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެ އެވެ.

މުއުމިނުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން ވަރަށް ގިނަ ގޮތްގޮތުން އެކަކު އަނެކަކާ ގުޅިލާމެހިފައިވާ ބައެއް ކަމަށާއި، އެހީތެރިކަން ބޭނުންވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުއުމިނުންގެ ސިފައެއް ކަމަށް ބުނެފައި ވެއެވެ.

އިސްލާމީ މުޖުތަމައުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއްފަދަ އެކުވެރި ބަޔަކަށް ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮކޮށް ހިތައި، އެކަކު އަނެކެއްގެ ހާލު ބަލައި، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވާންޖެހޭނެ ކަމަށް ވެސް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

"އަޅުގަނޑުމެން މުސްލިމުންނަކީ އެއްބަނޑު އެއްބަފާ، އެއްބައެއްވަންތަ، އުޚުއްވަތްތެރި ބައެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި ތަކުލީފުތަކުގައި ބައިވެރިވާން ޖެހޭ ބައެކެވެ. އެމީހުންނަށް އެހީތެރިވެ އިހުސާންތެރިވާން ޖެހޭ ބައެކެވެ. މުސީބާތްތަކުގައި އެ މީހުންނަށް ސާބިތުކަން ދެއްވައި ކެތްތެރިކަން ދެއްވުމަށް އެދި މާތް ﷲގެ ހަޒްރަތުގައި އިބްތިހާލްވެ. ދުއާ ކުރަން ޖެހޭ ބައެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.

އިންސާނިއްޔަތުގެ އިތުރުން މުސްލިމުންގެ އީމާންތެރިކަން ވެސް މިފަދަ ކަންކަމާ ގުޅިފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

ޚުތުބާގައި އިތުރަށް ބުނީ ކޮންމެ މީހަކުވެސް އަނެކުންނަށް އަޅާލައި، އިހުސާންތެރިވުމަކީ އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް ކަމަށެވެ. އަދި މުސްލިމް އަޚުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަައް ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"މުއްސަނދީން ފަގީރުންނާއި ނިކަމެތީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ އެވެ. އެމީހުންގެ ބޭނުންތަކާއި މުހުތާދުތައް ފުއްދައިދެވިދާނެއެވެ. އާރާއި ބާރު ހުރި މީހުންނާއި މަތީ މަގާމުތަކުގެ ވެރީން، އަނިޔާ ލިބެމުންދާ މީހުންގެ އަތުގައި ހިފައި އިންސާފު ހޯދައިދޭން މަސައްކަތް ކުރެވިދާނެ އެވެ،" ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

އީމާންކަމުގެ ފުރިފައިވާ ބަޔަކަށް ވުމަށްޓަކައި މުސްލިމުންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ ބަޔަކަށް ވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!