ޚަބަރު

ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.

Ads by STELCO

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު މާލޭގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ކޯޓު އަމުުރެއްގެ ދަށުން ނާޒިމް ހައްޔަރު ކުރީ، އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ ބައެއްގެ ރިސޯޓެއްގައި ހުއްޓާ ފުލުހުން އެ ރިސޯޓަށް ގޮސް، މިދިޔަ މަހު 28ގަ އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު، އއ. ރަސްދޫ ކޯޓުން ހަތް ދުވަސް ބަންދަށް ޖެހިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖެހީ ބަންދާމެދު ގޮތް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ނާޒިމް ސައްތާރު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވީޑިއޯގެ މައްސަލާގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރިއެވެ. އަދި ފަހުން ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.

އަލަމްގީރުއާއެކު އިތުރު ދެ ފިރިހެނަކު ގްރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ ލީކް ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!