ދުނިޔެ

ގިނަ ދާއިރާތަކަކުން އެމެރިކާއަށް އެއްބާރުލުން ނުދޭން ޗައިނާއިން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޫސުމަށް އަންނަ ބަދަލުތަކާއި އަސްކަރީ މަޝްވަރާތަކާއި ބައިނަލްއަގްވާމީ ޖަރީމާތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ހިމެނޭ ގޮތަށް މުހިންމު ބައެއް ދާއިރާތަކުން އެމެރިކާއާ އެކު ޗައިނާއިން އެއްބާރުލުން ދޭން ހުއްޓާލައިފިއެވެ.

Ads by Sosun Fihaara

ޗައިނާއިން މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ މަޖިލީޙުގެ ރައީސް ނަންސީ ޕެލޯސީ އިސްކޮށް ހުންނަވައިގެން އެމެރިކާގެ ކޮންގްރެސްގެ ވަފުދެއް ޓައިވާނަށް ކުރެއްވި ދަތުރަކާ ގުޅިގެންނެވެ.

ޕެލޯސީ އާއި އޭނާގެ އާއިލާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާކަން ވެސް އިއުލާންކުރި ޗައިނާއިން ދެކޭ ގޮތުގައި މި ދަތުރުފުޅަކީ ޓައިވާނުގެ މައްޗަށް އެ ޤައުމުން ދައުވާ ކުރާ އޮތް އިސްތިޤްލާލަށް އިޙްތިރާމް ނުކުރުމެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ޤައުމުގެ ބައެކެވެ. އެހެންނަމަވެސް, ޓައިވާނަކީ ޑިމޮކްރަޓިކް އުސޫލުގެ ދަށުން އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ޤައުމެކެވެ.

އެމެރިކާ މި ފިޔަވަޅުތައް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ހުކުރު ދުވަހު އިއުލާންކޮށްފައެވެ. އެގޮތުން އެމެރިކާއާއި ޗައިނާގެ ދިފާއީ އޮފިޝަލުންނާ ދެމެދު ކުރެވޭ މަޝްވަރާތައް ކެންސަލް ކުރާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގެނައުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ބައިނަލްއަގްވާމީ ކުށްތައް ތަހުގީގުކުރުމާ ގުޅޭ ގޮތުން އެއްބާރުލުން ދިނުން މެދުކަނޑާލާނެކަން ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ އަހަރު ގްލާސްގޯގައި ބޭއްވި މޫސުމާބެހޭ ސަމިޓުގައި ޗައިނާއިން ވަނީ އެމެރިކާއާއެކު ބޭރުކުރާ ގޭސްތައް މަދުކުރުމަށް "އަވަސްކަމާ އެކު" މަސައްކަތް ކުރާނެ ކަމަށް ވައުދުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!