ޚަބަރު ސިޔާސީ

''ކުނި ދެ ބިހަށް'' ވިއްކައިލި ޚާރިޖީ އަދި އިގުތިސާދީ މިނިވަންކަން 2023 ގައި އަލުން ހޯދާނެ: އަފޫ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

''ކުނި ދެ ބިހަށް'' ވިއްކައިލި ޚާރިޖީ އަދި އިގުތިސާދީ މިނިވަންކަން 2023 ގައި އަލުން ހޯދާނެކަމަށް ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަފޫ ވިދާޅުވީ ލިވާތީންގެ ސަރުކާރު ބަލިކޮށް, މިނިވަން އަމާން އިސްލާމީ ދައުލަތަކަށް ރާއްޖެ އަލުން ބަދަލުކޮށް 2023 ގައި ރާއީސް ޔާމިން ޢަބްދުލްޤައްޔޫމްގެ ޒައާމަތެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި އޭރުން ދިވެހި ފަސްގަނޑުގައި އިސްލާމީ ދައުލަތެއް ބިނާ ކުރެވެނޭކަމަށް ވެސް އަފޫ ވިދާޅުވިއެވެ.

މީގެ އިތުރުން ''ކުނި ދެ ބިހަށް'' ވިއްކައިލި ޚާރިޖީ އަދި އިގުތިސާދީ މިނިވަންކަން 2023 ގައި އަލުން ހޯދާނެކަމަށް ވެސް އަފޫ ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހުން ދެ ބިހަކީ އިންޑިއާއިން އެތެރެކުރާ ބިސްކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ ވަނީ ވާހަކަދައްކަވައިފައެވެ. މާރިއާ އެހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓު ކެމްޕޭނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައެއްގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!