ޚަބަރު ޝަރުޢީ ދާއިރާ

ހަމަޔާއި އިންސާފަކީ އެކި މީހުންނަށް އެކި ގޮތަށް އޮންނަ އެއްޗެއްތޯ: އިޔާޟް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދެން އިމޭޖްސް

ހަމަޔާއި އިންސާފަކީ އެކި މީހުންނަށް އެކި ގޮތަށް އޮންނަ އެއްޗެއްތޯ ޑރ.މުޙައްމަދު އިޔާޟް ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

ޑރ.އިޔާޟް މި ގޮތަށް ސުވާލު ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި ފުލުހުންނަށް ޓެގްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އިޔާޟް ވިދާޅުވީ ''ތިމަންނާ އިސްތިއުފާދިނީ ސިފައިންގެ ބޭކަލުން ބޮލުގައި ބަޑި ޖެއްސީމާކަމަށް'' ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މުއައްސަސާގެ އަގުވައްޓައިލާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބަޔަކު ލޭކެކި މުޅި ޤައުުމުގައި ހުޅުޖެހީމާ ވެސް އެކަމަށް ޒިންމާވާކަށް ރައީސް ނަޝީދަކަށް ނުޖެހުނު ކަމަށެވެ.

ޔޯގާ ހަރަކާތް ބޭއްވި ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެކަމަށް ޢިޝާރަތްކުރައްވައި އިޔާޟް ވަނީ, ޝައިޚް ނިޝާން ދެއްކެވި ވާހަކައެއްގެ ސަބަބުން ބަޔަކު މީހުން މަރާމާރީ ހިންގިކަމަށް ބުނެ ޝައިޚްގެ ބޮލުގައި ޒިންމާ އަޅުވާ އެކަމުގެ މަސްއޫލިއްޔަތު ޝަައިޚް އުފުއްލަން ޖެއްސުމަކީ އިންސާފުތޯ ވެސް ސުވާލު ކުރައްވައިފައެވެ.

''ހަމަޔާއި އިންސާފަކީ އެކި މީހުންނަށް އެކި ގޮތަށް އޮންނަ އެއްޗެއްތޯ.'' އިޔާޟް ސުވާލު ކުރެއްވިއެވެ.

Ads by HDC
  1. މީ ކުޑަ ކެކުރި އާއި ބޮޑު ކެކުރި ގެންގުޅޭ އުސޫލުން މިނެ އުޅޭ ޤައުމެއް ނުންތޯ !