ދުނިޔެ

މިދިޔަ އަހަރު އަފްޣާނިސްތާނުގައި 200އަށް ވުރެ ގިނަ މީޑިއާ ހުއްޓުވާލި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުފަހުން ގިނަ އަދަދެއްގެ މީޑިއާތަކެއް ހުއްޓާލަން ޖެހިފައިވާ ކަމަށްބުނެ ކަންބޮޑުވުންފާޅު ކޮށްފިއެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގެ މީޑިއާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އަފްޣާނިސްތާން ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އެންޑް މީޑިއާއިން ބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީޑިއާގެ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށާއި 7،000 މީޑިއާ ނޫސްވެރިން ވަޒީފާ ގެއްލިފައިވާ ކަމަށެވެ.

މީޑިއާގެ މަސައްކަތްތެރިން ހިމާޔަތްކުރުމާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުތަކަށާއި އިސްލާމިކް އެމިރޭޓަށް ހުށަހެޅުއްވި ނަމަވެސް އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާކަން އެ ޖަމާއަތުގެ އޮފިޝަލުން ފާހަގަކުރެއްވިއެވެ.

"މިދިޔަ އަހަރު 544 މީޑިއާގެ ތެރެއިން 218 މީޑިއާވަނީ ބަންދުކޮށްފައި،" ފްރީ އެސޯސިއޭޝަން އޮފް އަފްޣާން ޖާނަލިސްޓުންގެ ވެރިޔާ ހުޖާތުالله މުޖާއްދީދީ ވިދާޅުވިއެވެ.

ތަޚާރު ޕްރޮވިންސްގެ މީޑިއާގެ އޮފިޝަލުން ބުނިގޮތުގައި، އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން އެ ސަރަހައްދުގެ 13 މީޑިއާގެ ތެރެއިން ނުވަ މީޑިއާއެއް ވަނީ ބަންދުކޮށްފައެވެ.

"ތަޚާރުގެ ލޯކަލް މީޑިއާއަށް އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެ، މުވައްޒަފުން ގެއްލި، އެ މީޑިއާގެ ހަރަކާތްތައް ހުއްޓިފައި،" ތަޚާރުގެ މީޑިއާއެއްގެ ޑިރެކްޓަރު އަބްދުލް ސާމީ ޚަވާރީ ވިދާޅުވިއެވެ.

"ގިނަ މީޑިއާ މަސައްކަތްތެރިންގެ ވަޒީފާ ގެއްލި، އޭގެ ތެރެއިން ބައެއް މީހުން ގައުމު ދޫކޮށްލައިފި،" ތަޚާރުގައި ހުންނަ އެހެން ލޯކަލް މީޑިއާއެއްގެ ޑިރެކްޓަރު އަބްދުލްބަޝީރު ހަބީބިޔާރު ވިދާޅުވިއެވެ.

އަފްޣާނިސްތާން ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އެންޑް މީޑިއާ އިން ބުނާ ގޮތުގައި އިސްލާމިކް އެމިރޭޓް ވެރިކަމަށް އައުމުގެ ކުރިން އަފްޣާނިސްތާނުގެ މީޑިއާގައި 2،800 އަށް ވުރެ ގިނަ އަންހެނުން ވަޒީފާ އަދާކުރި ނަމަވެސް އޭގެ ތެރެއިން 2،100 އަށް ވުރެ ގިނަ އަންހެނުން ވަނީ މިދިޔަ އަހަރު ވަޒީފައި ގެއްލިފައި ކަމަށެވެ.

Ads by Ooredoo
  1. ނޫސްވެރިކަމާއި މީޑިޔާ އަކީ ރިޒުޤު ހޯދަން މާކަ ރަގަޅު ވަސީލަތެއްތޯ، ރިޒުޤު ހޯދަން ދަޑުވެރި ކަމާއި ބަކަރި ހުއިހައްޕާ ވިޔަފާރި ކަމުގައި އުޅުން މާރަގަޅުވާނެ ތިޔަ ދޮގު ހަބަރު ފަހަތުން ދުވުމަށްވުރެން، ނޫސްވެރި ކަމަކީ އެހާ މުހިންމު އެއްޗެއްނޫން !