ޚަބަރު ސިޔާސީ

ޝިއާގެ މަރު: ތަޙުޤީޤު އަވަސްކޮށް, އިންސާފު ހޯދައިދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު. ފޮޓޯ: ޝިއާ/އިންސްޓާގްރާމް

ޏ.ފުވައްމުލަކު، ކުރި، މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރައިލި މައްސަލައިގެ ތަޙްޤީޤު އަވަސްކޮށްދިނުމަށާއި, އޭނާގެ ޢާއިލާއަށް އިންސާފު ހޯދައިދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

Ads by Sosun Fihaara

ޢުމުރުން 22 އަހަރުގެ ޝިއާއުގެ އުޅަނބޮށްޓާ ހިސާބުން އަތް ވެސް ބުރިކޮށްލައިފައި, ދެފަޔާއި ކަރު ބުރިކޮށްލާފައި މަރާލައިފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގައި ހ.ޝީރީން ވިލާގެ ނުވަވަނަ ފްލޯގައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ރަޙުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެން ކުއްޖަކު މަރާލާފައިވާ މައްސަލައިގެ ކަންބޮޑުވުން އެ ކޯލިޝަނުން ފާޅު ކުރަނީ ވަރަށް ވެސް އަސަރާއެކު ކަމަށެވެ.

އެހެންކަމުން އެ ރަޙުމު ކުޑަ, ލާއިންސާނީ ޢަމަލު ހިންގި ފަރާތާއި އެކަމަށް ވާގިވެރިވި ފަރާތްތަކާއި, ހިތްވަރުދިން ފަރާތްތަކަކީ ކޮބައިކަން ހޯދައި، ތަޙުޤީޤު އަވަސްކުރުމަށް ބަޔާނުގައި ވަނީ ގޮވައިލާފައެވެ. އަދި އެފަދަ ރަޙުމް ކުޑަ ލާއިންސާނީ ޢަމަލު ހިންގާ ފަރާތްތަކާމެދު އެއްވެސް ހަމްދަރުދީއެއްނެތި ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް ވަނީ ގޮވައިލާފައެވެ.

''އަނިޔާވެރިކަމާއެކު މާލޭ ސިޓީގައި މަރާލާފައިވާ ޒުވާނާއަށާއި ޢާއިލާއަށް އިންސާފު ހޯދައިދީ، ލާއިންސާނީ ޢަމަލު ހިންގި ފަރާތަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަން.''

އޭގެ އިތުރުން ބަޔާނުގައި ވަނީ ޝިއާއުގެ ޢާއިލާއާއި ރަޙުމަތްތެރިނަށް ކުރިމަތިވެފައިމިވާ ފުން ހިތާމައިގައި އެ ކޯލިޝަނުން ބައިވެރިވެ, އެ ފަރާތްތަކަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި, އެ ކޯލިޝަންގެ ނަމުގައި ތަޢުޒިޔާ ދަންނަވައިފައެވެ.

  1. ކޮވެލި

    މީހަކަށް ނުވަތަ ބަޔަކަށް ހިތާމަވެރި ކަމެއް ދިމާވާ ކޮންމެ ފަހަރަކު މި ކޮވެލިތަކުން ތައުޒިޔާ ކިޔަން ވަރަށް ފޯރި ހުނާނެ!!! މުހިންމީ ތި ތަޢުޒިޔާގެ ހީލަތްތެރި ބަސްތަކެއްނޫން!! ބޭނުންވަނީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމާ ޢަދުލު އިންސާފް ޤާއިމްކުރުން…