ދުނިޔެ

ޗައިނާގެ ރިސޯޓެއްގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތާށިވެފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ހައިނާން ޖަޒީރާގެ މަޝްހޫރު ރިސޯޓު, ސަންޔާގައި 80،000 އެއްހާ ފަތުރުވެރިން ތާށިވެއްޖެއެވެ. އެ މީހުން ތާށިވެފައި ވަނީ ކޮވިޑް-19 ފެތުރިގެން ދިއުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ލޮކްޑައުން ފިޔަވަޅުތައް އަޅާނެކަން އިއުލާން ކުރުމުންނެވެ.

Ads by WAMCO

އާންމު ދަތުރުފަތުރުގެ ހިދުމަތް މެދުކަނޑާލައި، ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އެސަރަހައްދުގެ އެތެރެއަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. ތާށިވެފައި ތިބި ފަތުރުވެރިން ފުރުމުގެ ކުރިން ހަތް ދުވަސް ވަންދެން މަޑުކޮށް ފަސް، ކޮވިޑް-19 ޓެސްޓެއް ކްލިއާ ކުރަން ޖެހެއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ ހައިނާންގެ ޓޫރިސްޓް ސީޒަންގައެވެ.

ސަންޔާގެ ކަމާބެހޭ ފަރާތްތަކުން ފަތުރުވެރިންނަށް ދިމާވި ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް،  ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަންޔާގައި ތާށިވެފައިވާ ފަތުރުވެރިން ހޮޓަލުގައި ތިބުމުން އަގުން ޑިސްކައުންޓް ދިނުން ހިމެނޭ ގޮތަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ވަނީ ވައުދުވެފައެވެ..

ހައިނާން ޖަޒީރާގެ ދެކުނު ކޮޅުގައި އޮންނަ އެ ސިޓީން އޮގަސްޓް 1 އާއި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އާ ދެމެދު 827 މީހުން ބައްޔަށް ފައްސިވެފައިވާއިރު، ހޮނިހިރު ދުވަހު 240 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!