ޚަބަރު ސިޔާސީ

ނަމާދުކޮށް, ޤުރުއާން ކިޔެވުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ނަމާދުކޮށް, ޤުރުއާން ކިޔެވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު, ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ ދުވަހަކު ގަވާއިދުން ސްކޫލުގައި ނަގައިދެވޭ ފިލާވަޅުތައް ބަލައި ދަސްކުރަންވާނެ ކަމަށެވެ. އަދި ނަމާދުކޮށް, ޤުރުއާން ކިޔެވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

Ads by STELCO

''ތަޢުލީމީ އާ އަހަރަށް މަރުހަބާ. ކޮންމެ ދުވަހަކު ގަވާއިދުން ސްކޫލުގައި ނަގައިދެވޭ ފިލާވަޅުތައް ބަލައި ދަސްކުރުން އެއީ އެންމެ ރަނގަޅު ގޮތް. ނަމާދުކޮށް, ޤުރުއާން ކިޔަވަންވާނެ. އަދި ކުޅިވަރު ކުޅެ މަޖާކޮށް އުފާވެރި ކާމިޔާބު އަހަރެއްކަމުގައިވުމަށް އެދެން.''

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 92,000 އަށްވުރެ ގިނަ ދަރިވަރުންނާއެކުއެވެ. އޭގެތެރޭގައި އަމިއްލަ ސްކޫލުތައް ހިމެނޭހެން މި އަހަރުގައި އަލަށް ސްކޫލަށް ވަން ދަރިވަރުންގެ ޢަދަދަކީ 7,700 އެވެ.

  1. އަބްދޫ

    ކްރިސްޓިއަންދީން ޕްރޮމޯޓް ކުރަން އުޅޭ މީހަކު ނަމާދު ކޮށް ގުރްއާން ކިޔަވާށޭ ބުންޏަކަސް ތިޔަ މީހާ އަކީ ކާކުކަން ދިވެހިރައްޔިތުންނަށް ނޯޅޭ. އަނގޮޅިތީމު މީހާ ގާތު ގުރްއާން ﷲ ބާވައިލެއްވި ފޮތެއްނޫނޭ ބުނިވާހަކަ އެމިހާ ބުނި ވީޑިއޯ ސޯސަލް މީޑިޔާގަ އެބައުޅޭ . އިހައްދުވަހު ޔޯގާ ރަނގަޅުވެގް އުޅުނީ އިހަކަށްދުވަހު ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުވީވެސް. ވީމާ ތިސޮރު އޮޅިފައެއްނެތް.

  2. އަބްދޫ

    ކަލޭ ބުނަން ކަމުދާ ވާހަކައެއްނޫން، އިސްލާމްދީންދެކެ ﷲ ގެ ރަސޫލާދެކެ ގުރްއާން ގަބޫލުނުކުރާކަމަށް އަނގޮޅިތީމު މީހާގާތު ބިނިކަމަށް އެމީހާބުނާ ވީޑިއޯ އެބައޮތް. އަމަލާއި ބަހުން ތިމާގެ މުސްލިމަކަމާއިމެދު އާންމުންގެ ހިތުގަ ސައްކު އުފެދިފައިވަ މީހާ ސަރީއަތާ ކުރިމަތިލައިގެން ސަރުއީ ހުކުމަކުން މުސްލިމަކު ކަމަށް ކަނދފަނަޅާހާ ހިނދަކު އެމީހާ އާމެދު ބެލެވޭނީ ސައްކުގެ ނަޒަރަކުން.

  3. މުންޖިޗޭ

    ނިކަން އަމިއްލައަށް ނަމާދުކޮށް ޤުރުއާން ކިޔަވާފަ ދަރިވަރުންނަށާ ނަމޫނާ ދައްކާލަބަލަ. ދުވަހަކުވެސް ބުނާބަހަކާ ޢަމަލެއް ދިމާނުވޭވިއްޔާ!

  4. މުކޮސް

    މިއުޒިކު ކުޅުމާއި މަޖާ ކުރަންވެސްބުނި އެވާހަކަ ލިޔުންނަމަ