ޚަބަރު ސިޔާސީ

އިސްލާމީ ޝަރީއަތުގައި ހިފަންކެރޭ ވެރިކަމެއް ދިވެހިން އަދި ދެކޭނެ: ޢުމަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޢުމަރު ނަޞީރު

އިސްލާމީ ޝަރީއަތުގައިވާ ގޮތަށް ޢަމަލުކުރާ ވެރިކަމެއް އަދި ދިވެހިން ދެކޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހ.ޝީރީންވިލާގައި ރޭ ރަޙްމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ފުވައްމުލަކު, ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައާ ގުޅިގެން ޢުމަރު މިއަދު ވިދާޅުވީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީއަތް ގާއިމުކުރަންޖެހޭ ކަމަށެވެ.

ޢުމަރު ވިދާޅުވީ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަންކެރޭ ވެރިކަމެއް އިރާދަ ކުރެއްވިއްޔާ ދިވެހިން އަދި ދެކޭނެ ކަމަށެވެ. އެ ދުވަހަކުން ބޮޑެތި ކުށްތައް މުޅިންހެން ހުއްޓި, އަމާން، އުފާވެރި ޤައުމެއް ދެކޭނެކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

''އިސްލާމީ ޝަރީއަތް ޤާއިމް ކުރަން ޖެހެނީ މި ސަބަބަށްޓަކައި. ޖެހިލުމެއްނެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް ޓަކައި.
ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަން ކެރޭ ވެރިކަމެއް އިރާދަކުރެއްވިއްޔާ ދިވެހިން އަދި ދެކޭނެ. އެ ދުވަހަކުން މީހުން މެރުމާ، ޑްރަގާ، ވައްކަމާ، ފޭރުމާ، ރޭޕް ފަދަ ކުށްތައް މުޅިންހެން ހުއްޓިގެންދާނެ. އަމާން، އުފާވެރި ޤައުމެއް ދެކޭނެ.''

ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

Ads by Allied Insurance
  1. މަރުމޯލު

    މިހިރަ މަރުމޯލާ! އިސްލާމީ ޝަރީޢަތް ޤާއިމުކުރަން ޖެހެނީ ގައުމު ފަސާދަވެ ކުށްތައް ގިނަވެ މާރާމާރީއާ ލިވާތުކުޅި އިތުރުވީމައެއް ނޫން!!! އެޝަރީޢަތަކީ 7 އުޑުމަތިން ﷲ ބާވާލެއްވި އެންމެ ފުރިހަމަ އަދި އެއީ އިންސާނުންނަށް އެންމެ މަސްލަޙަތު ހުރި އަދި އެއަށް ޢަމަލުކުރަން ވާޖިބު އެއްޗަކަށް ވާތީ….ސާފުވެއްޖެތަ!

  2. މަރުމޯލަކީ އޭނައެށްނޫ ތިބާ އިސްލާމީސަރީއާތް ގާއިމުކޮންގެންނު އެކަންތައްތައް ހުންޓުވޭ.ނި

  3. ޙަމްދު

    އިންޝާﷲ