ޚަބަރު ސިޔާސީ

ޤާތިލަށް ޙައްޤު އަދަބު ދިނުމަކީ އަޅުގަނޑުމެންގެ ޤާނޫނީ ވާޖިބެއް: މައުމޫން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހ.ޝީރީންވިލާގައި ރޭ ރަޙްމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ފުވައްމުލަކު ޒުވާން އަންހެނެއްކަމަށްވާ ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Sosun Fihaara

މައުމޫން ވިދާޅުވީ ‏ރޭ މާލޭގައި ހިނގި ރަޙުމްކުޑަ މަރުގެ ހާދިސާ އިންތިހާއަށް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ޤާތިލަށް ޙައްޤު އަދަބު ދިނުމަކީ ޤާނޫނީ ވާޖިބެއްކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

''‏ރޭ މާލޭގައި ހިނގި ރަޙުމްކުޑަ މަރުގެ ޙާދިސާ އިންތިހާއަށް ކުށްވެރިކުރަން. ޝިކާރައަކަށްވި މަޢުސޫމް އަންހެންކުއްޖާގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވާށި! ޤާތިލަށް ޙައްޤު އަދަބު ދިނުމަކީ އަޅުގަނޑުމެންގެ ޤާނޫނީ ވާޖިބެއް.''

ރައީސް މައުމޫނުގެ އެމްއާރްއެމްއިން ވެސް މިއަދު ވަނީ މި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، ކުށްވެރިވާ ފަރާތް ނުވަތަ ފަރާތްތަކަށް ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލާފައެވެ.

ޢުމުރުން 22 އަހަރުގެ ޝިއާ މަރާލާފައި އޮއްވާ ފެނުނީ ހ.ޝީރީންވިލާގެ 09 ވަނަ ފްލޯއިންނެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ.

ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްގެން ކުރިއަށްގެންދިޔަ އަޑުއެހުމުގައި ވަނީ ޝަރީޢަތް ނިމެންދެން ޝާހިލް ބަންދުކުރަން އަމުރުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!