ޚަބަރު ސިޔާސީ

ޝިއާގެ މަރު: ރަނގަޅު ތަޙްޤީޤެއްކުރަން ނަޝީދު ގޮވާލައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރަށްވެހި ފަތިސް ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރަށްވެހި ފަތިސް

ހޮނިހިރު ދުވަހުގެރޭ މާލޭގައި ރަޙްމުކުޑަ ގޮތަކަށް ޒުވާން އަންހެނަކު މަރައިލި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއްކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ހ.ޝީރީންވިލާގެ ނުވަވަނަ ފްލޯގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނީ ޏ.ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދެވެ.

ހާދިސާ ހިނގިތާ 24 ގަޑއިރުފަހުން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ މާލޭގައި ޒުވާން އަންހެނަކު އަނިޔާވެރިކޮށް މަރާލައިފައިވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށް ކަމަށެވެ. އަދި އެ އަނިޔާވެރި ޢަމަލު ކުށްވެރިކުރާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ޓުވީޓުގައި ވަނީ އިތުރު މީހެއްގެ އިއުތިރާފު ބަޔާނަށް ބުރަނުވެ ރަނގަޅު ތަޙްޤީޤެއްކޮށް, އެކަން ކުރި މީހުންނަށް ޙައްޤު އަދަބު ދިނުމަށް ވެސް ގޮވައިލައްވާފައެވެ.

ޝިއާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރީ އެންމެ މީހެކެވެ. ކުށުގެ ވެށިން ހައްޔަރުކުރީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލްއެވެ.

 

Ads by Ooredoo
  1. އަބްދޫ

    އަފްރާސީމާއި ރިޒްވާނުގެ ތަހުގީގު ކޮބާ؟؟؟؟؟

  2. އަބްދޫ

    އަފްރާސީމާއި ރިޒްވާނުގެ މައްސަލާފެ ފުރިހަމަ ތަހުގީގެއް ހިންގުނު ނަމަ ނަސީދު އަށް ބަރީއަ ނުވެވުނީސް.