ޚަބަރު ސިޔާސީ

ރައީސްގެ ޖާދޫގެ ވޮށްކޮޅުން ނެރޭ ޤަރާރަކުން ވެސް އަލަމްގިރިގެ މައްސަލަ އަވަހަށް ބަލަންވެއްޖެ ނޫންތޯ: އަފޫ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރެވޭ މީހުންނަށް ފިޔަވަޅު ނާޅާތީ ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

އަފޫ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރިން މަދަރުސާއަށް ފޮނުވަން ޖެހިލުންވާ ހިސާބަށް ޤައުމުގެ ކަންކަން ގޮސްފި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޖާދޫގެ ވޮށްކޮޅުން ނެރޭ ޤަރާރަކުން ވެސް އަލަމްގިރިގެ މައްސަލަ އަވަހަށް ބަލައި އޭނާއާއެކު ގުޅުން ހިންގި މީހުން ދެނެގަނެ ފިޔަވަޅުއަޅަން ވެއްޖެ ނޫންތޯ ވެސް އަފޫ ވަނީ ސުވާލު ކުރައްވައިފައެވެ.

ރާއްޖޭގެ ގިނަ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު ގުޅުން ހިންގި ބައެއް މީހުންގެ ވީޑިއޯތައް ވަނީ ލީކްވެފައެވެ. އޭގެތެރޭގައި ހައިޕްރޮފައިލްގެ ބޭފުޅުން ވެސް ހިމެނެއެވެ. ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އަފޫ ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިޢު (އެމްޑީޕީ ރާއްޕެ) އަލަމްިގިރިއާ އެއްކޮށް އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވޭ ވީޑިއޯއެއް ޢާންމުވެފައިވަނިކޮށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!