ޒިންމާދާރު މަޤާމަކާއި 100 ފޫޓު ކައިރިކުރަން ހެޔޮވާވަރު މީހަކު އެމްޑީޕީއަކު ނެތް: މަލީހް
![](https://dhen.mv/wp-content/uploads/2022/08/223982_3_377233ec4b3f80ef9acf14fa8ebe87bd65abfdd0_medium.jpg)
ޒިންމާދާރު މަޤާމަކާއި 100 ފޫޓު ކައިރި ކުރަން ހެޔޮވާވަރު މީހަކުވެސް އެމްޑީޕީއަކު ނެތްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރަކަށް ފުރަތަމަ ހުންނެވި މަލީހް މިއަދު ވިދާޅުވީ އެމްޑީޕީގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންގެ އަޚްލާޤީ ފެންވަރު ހާމަވެ, އެ ޕާޓީގެ އާންމު މެންބަރުންގެ ބަސް ހުއްޓިއްޖެ ކަމަށެވެ. އަދި އެ ޕާޓީން ކެނޑޭ މެންބަރުންގެ ޢަދަދުވެސް އިތުރުވެފައިވާ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
''ދައުލަތުގެ އިސްމަޤާމެއް ކީއްކުރަންތޯ ޒިންމާދާރު މަޤާމަކާއި 100 ފޫޓް ކައިރިކުރަން ހެޔޮވާވަރު މީހަކު ވެސް އެ ޕާޓީގައި ނެތް.''
މަލީހް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް އެ އަމަލު ހިންގި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ހިމެނޭކަން ހާމަވެފައިވަނިކޮށެވެ. އޭގެތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ހިމެނެއެވެ.
މަލީހަކީ ޢާންމު ގޮތެއްގައި އެމްޑީޕީއާއި މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.