ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހެއްދި ދެ މީހަކު ބަންދުކޮށްފި
އެކި ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހެއްދި ދެ މީހަކު ހައްޔަރުކޮށް, ބަންދަށް 05 ދުވަސް ޖަހައިފިއެވެ.
އެ ދެ މީހުންނަކީ ގދ.ފަރެސްމާތޮޑާގެ ދެ މީހުންނެވެ. އެއީ އެ ރަށު ޗަނބޭލީގޭ އިޝްފާއު ޢަބްދުﷲ މުފީދު (20) އާއި, ސަންރައިޒް, ޠާއިފް ތަޢުފީޤު (22) އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ބުނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މީހުން ބަންދުކުރި ސަބަބެއްކަމަށް ކޯޓު ޢަމުރުގައި އޮތީ މުޖުތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ބަންދުކުރީ ކަމަށެވެ.
Ads by Allied Insurance