މީރާ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނަގައިފި

މީރާ އޮފީސް ފަޅާލައި އެ ތަނުން 25 ރުފިޔާ ވަގަށް ނަގައިފިއެވެ.
އަމީނީ މަގުގައި ހުންނަ ފިނޭންސް މިނިސްޓްރީ ހިންގާ ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ހުންނަ މީރާގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަންކުރީ ރޭ ދަންވަރުއެވެ. އެ ތަނަށް މީހަކު ވަނީ ޢިމާރާތުގެ ފުރަގަހުގެ ކުޑަދޮރެއް ތަޅާލައިގެންނެވެ.
މިރާ ފަޅާލައިގެން ނެގީ ހަމައެކަނި 25 ރުފިޔާއެވެ. އެއީ އެ ތަނުގެ މުވައްޒަފެއްގެ ކައުންޓަރުގައި ބާއްވައިފައި އޮތް 25 ރުފިޔާއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަޙްޤީޤުކުރަމުންނެވެ.