ރައީސް ޞާލިޙް ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ މިދަނީ ފެންނަމުން: އިމްރާން
![](https://dhen.mv/wp-content/uploads/2021/08/big_gxIavLjlUzylPtBjUlkB6aTok_imran-850x548.jpeg)
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ މިދަނީ ފެންނަމުންކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ފުލުހުންގެ 89 އަހަރުގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫޢުއާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ކ.ތުލުސްދޫގައި އެ މަޝްރޫޢުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ މިނިސްޓަރު އިމްރާނެވެ.
އިމްރާން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެންމެ އެކަށޭނަ ސްޓޭޝަންތަކާއި އެހެނިހެން ވަސީލަތްތައް ފުލުހުންނަށް ހޯއްދަވައި ދެއްވުމަށް ރައީސް ޞާލިޙް ކުރައްވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާ މިދަނީ ފެންނަމުން ކަމަށެވެ.
އާނ! ނަތީޖާ ވަރަށް ރަނގަޅަށް ދަނީ ފެންނަމުން.
ޢެއީ ފާޙިޝްކަންތައް ޢާއްމުވުންބާ. ކުރައްވާ ބުރަ މަސައްކަތުގެ ނަތީޖާ ހުރި ކަމަށް އަންނިވެސް ބުނި ދޮއްތަ.