ދުނިޔެ

އަލިބާބާއިން މިދިޔަ ތިން މަހު 10،000 މުވައްޒިފުން ވަޒީފާއިން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް ހޯލްޑިން ލިމިޓެޑުން ގާތްގަނޑަކަށް 10،000 މުވައްޒަފުން ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

Ads by WAMCO

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ދުނިިޔޭގެ އިޤްތިޞާދު މަޑުޖެހި، ހީނަރުވަމުންދާ ދަނޑިވަޅެއްގައި ހަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތެކެވެ. ޖޫން މަހު އަލީބާބާއިން ލިބުނު ސާފު އާމްދަނީ 50 ޕަސެންޓް ދަށްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ..

ވަކި ކުރި 10،000 މީހުންނާއެކު އެ ކުންފުނީގެ ޖުމްލަ ހެޑްކައުންޓް ގާތްގަނޑަކަށް 245،700 މީހުންނަށްވަނީ ތިރިވެފައެވެ/

އެ ކުންފުނީގެ ޖޫން ކުއާޓަރުގައި ސާފު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 22.74 ބިލިއަން ޔުއާން (3.4 ބިލިއަން އެމެރިކާ ޑޮލަރު)އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ވަރަށްވުރެ 45.14 ބިލިއަން ޔުއާންގެ ދަށްވުމެކެވެ.

އަލީބާބާ އުފެދުނީ 1999 ވަނަ އަހަރު އެވެ ޗައިނާގެ މެއިންލޭންޑުންނެވެ. މިއީ އެމެރިކާގެ ނިއުޔޯކްގެ ސްޓޮކް ލިސްޓިންގްގައި އޮތް ޗައިނާގެ އެންމެ ބޮޑު ކުންފުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!