ދުނިޔެ

ބެއިރޫތު ގޮވުން: ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް ކުއްޖަކު 24 ގަޑިއިރު ފަހުން ސަލާމަތް ކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލުބުނާނުގެ ވެރި ރަށް ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވާ ހިނގި ހާދިސާގައި މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް މީހުނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

Ads by WAMCO

އެ ސަރަހައްދުގެ އިމާރާތްތައް މުޅިން ބިމާ ހަމަވެފައިވާއިރު ކަމާބެހޭ އިދާރާތަކާއި އެހީތެރިން އަންނަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެދާނެ ކަމަށް ބަލައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރުމުންނެވެ.

އެގޮތުން ޓޯޗުން އަލި ކޮށްގެން ބެލި ބެލުމުގައި ދާދި ފަހުން ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް އަންހެން ކުއްޖަކު ސަލާމަތްކޮށްފައެވެ.

މި ކުއްޖާ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ދައްކުވައިދޭ ވީޑިއޯ ފޫޓެޖް އާންމުކޮށްފައިވާއިރު، އެ ކުއްޖާ އެތަނުގައި ތާށިވެފައި އޮންނަ ތާ 24 ގަޑިއިރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓު ގޮވައި ހިނގި މި ހާދިސާގައި އަދިވެސް ގިނަ ބަޔަކު ވަނީ ގެއްލިފައެވެ.

ބެއިރޫތްގެ ގޮވުމުގެ ސަބަބުން މިހާތަނަށް 300,000 މީހުންގެ ގެދޮރު ގެއްލި، 5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެގައުމުގެ ގަވަރުނަރު މަރުވާން އަބޫދު ވިދާޅުވިއެވެ.

އެގައުމުގެ ސަރުކާރުންނާއި ރެޑް ކްރެސެންޓުން މިހާރު އަންނަނީ މި ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ކާނާ އާއި ފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!