ޚަބަރު ދުނިޔެ

ބެއިރޫތް ހާދިސާ: މަހެއް ފަހުން އިމާރަތް ދަށުން ސަލާމަތް ކުރަން އުޅުނު މީހާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މީގެ ދެދުވަހެއްހާ ކުރިން ބޭރުގެ މީޑިޔާތަކުގެ ފަލަ ސުރުޚީއިން ޖާގަ ހޯދީ ލުބުނާނުގެ ވެރި ރަށް ބެއިރޫތުގައި މިދިޔަ މަހު ބާރުގަދަ އެއްޗެއް ގޮވާ ހިނގި ހާދިސާގައި ވެއްޓުނު ގެތަކުގެ ގާތަކުގެ ތެރެއިން މީހެއްގެ ވިންދު އިޙްސާސް ކުރެވިގެން، އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށި ޚަބަރެވެ.

Ads by Hajj Corporation
Ads by WAMCO

ރޮއިޓާރސް އިން އޭރު ރިޕޯޓްކުރި ގޮތުގައި ގާތަކުގެ ތެރެއިން މީހެއްގެ ހިތުގެ ވިންދު ފެނިގެން، އެސަހައްދު ކޮނުމުގެ މަސައްކަތްވަނީ ފަށާފައެވެ. މީހެއްގެ ހިތުގެ ވިންދު ފެނިފައިވަނީ، ބެއިރޫތު ގޮވި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުންނެވެ. މިސަރަހައްދު ބިމާ ހަމަވެފައިވާއިރު، މީގެ ދެ ދުވަސް ކުރިން، މިމީހާ ސަލާމަތް ކުރުމުގެ މަސައްކަތް ޗިލީގެ ޓީމަކުން ވަނީ ފަށާފައެވެ،

ނަމަވެސް ބީބީސީ އިން މިއަދު ރިޕޯޓް ކުރި ގޮތުގައި، މިމީހާގެ ނިޝާނެއް ނުވެގެން، މަހެއް ދުވަހު އިމާރާތް ދަށުގައި ތާށިވެފައި އޮތް މީހާ މަރުވެފައިވާ ކަމަށްވަނީ ނިންމާފައެވެ. އަދި އެސަރަހައްދު ވަރަށް ބޮޑަށް ކޮނުނު ކަމަށާއި ނަމަވެސް އެމީހާގެ ވިންދު ވެސް ފަހުން ފެނިފައިނުވާ ކަމަށް އެނޫހުން ރިޕޯޓްކުރެއެވެ.

ބެއިރޫތް ގޮވުމުގައި މިހާތަނަށް 190 މީހަކު ވަނީ މަރުވެފައެވެ. 7 މީހުން އަދި ނުފެންނަ ކަމަށް އޮފިޝަލް ރިޕޯޓްތަކުން ހާމަވާއިރު، މިހާދިސާގައި 6000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އެހާދިސާއަށް އިއްޔެއަށްވަނީ މަހެއް ވެފައެވެ. އެޔާއެކު، އިއްޔެ އެޤައުމުގައި ހަމަހިމޭން ކަމުގެ ސުކޫތެއްވަނީ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!