ދުނިޔެ

ރާއްޖެއަށް ދަތުރު ކުރަނިކޮށް ހާލުގައި ޖެހުނު ޔޮޓަކަށް އިންޑިއާގެ ކޯސްޓް ގާޑުން އެހީތެރިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއަން ކޯސްޓްގާޑް (އައިސީޖީ) އިން މުމްބާއީގެ ދެކުނުގައި އޮންނަ އަލިބާގުގެ ކައިރީގައި އޮންނަ މަންދުވާގައި ހާލުގައި ޖެހިފައިވާ ސްވިޒަލޭންޑްގެ ޔޮޓެއް ކަމަށްވާ ޕޮރިމާގައި ތިބި ފަސް ފަޅުވެރިން ސަލާމަތްކޮށްފައެވެ.

Ads by Sosun Fihaara

ޔޫއޭއީން ދިވެހި ރާއްޖެއަށް ދަތުރުކުރި މި ޔޮޓް ވަނީ މަރާމާތަކެއް ކުރުމަށް 28 ޖޫންގައި މުންބާއީގައި ބަދަރުކޮށްފައެވެ.

އައިސީޖީ އާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޔޮޓުގެ ބެޓެރީ ކޮމްޕާޓްމަންޓުގައި އަލިފާން ރޯވުމުގެ ސަބަބުން އެ ޔޮޓުން އެހީތެރިކަަމަށް އެދިފައިވާ ކަމަށެވެ.

މި އެސްއޯއެސް ކޯލަށް ރައްދުދީ އިންޑިއަން ކޯސްޓްގާޑުން ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް ފާސްޓް ޕެޓްރޯލް ވެސެލް އައިސީޖީއެސް އެގްރިމް ވަނީ ހަރަކާތްތެރިވެފައެވެ. އައިސީޖީ ބޯޓު ގަޑިއެއްހާއިރުގެ ތެރޭގައި ޔޮޓް ކައިރިއަށް ގޮސްފައެވެ.

މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ޔޮޓު  ދިޔަވެ، އަޑިއަށް ދިއުމުގެ ފުރުސަތުވެސް އޮތްކަމަށް އެގައުމުގެ ކޯސްޓުގާޑުން ބުންޏެވެ. ޔޮޓު ދިޔަވާން ފެށުމުން، މީހުން ސަލާމަތްކުރުމުގެ ކުރިން އަޑިއަށް ދިއުމުގެ ނުރައްކާ އޮތުމުން އައިސީޖީން ވަނީ ހެލިކޮޕްޓަރުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

ޔޮޓްގެ ހުރިހާ ފާޅުވެރިންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް އިންޑިއާގެ ކޯސްޓް ގާޑުން މައުލޫމާތު ދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!