ޚަބަރު ސިޔާސީ

މިހެން އުޅޭއިރު ބޮނޑި ބޮވޭ ފަހަރު ވެސް ދޭ: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްގެ އަރިހުން މާފަށް އެދިވަޑައިގަންނަވާނެކަމަށާއި, މިހެން އުޅޭއިރު ބޮނޑި ބޮވޭ ފަހަރު ވެސް ދާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ފައްޔާޟާ ދެކޮޅަށް ނިކުމެވަޑައިގެންނެވުމަކީ ހެއްދެވުނު ގޯހެއް ކަމަށާއި, އެ މަނިކުފާނު ލައްވައި އެކަން އެހެން ކުރުވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެން) ކަމަށެވެ.

މި ވަގުުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މިހެން އުޅޭއިރު ބޮނޑި ވެސް ބޮވޭނެ ކަމަށާއި, މާލެ ވަޑައިގެންފައި ފައްޔާޟްގެ އަރިހުން މާފަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

''އަޅުގަނޑަށް މާލެ ދެވުނީމާ ސީދާ މއ.ބޯގަންވިލާއަށް ގޮސް މާފަށް އެދޭނަން.''

މީގެ ކުރިން އެކި މަގާމުތަކުގައި ރައީސް ނަޝީދު ވަނީ ފައްޔާޟާ ދެކޮޅަށް އެތައް ވާހަކައެއް ދައްކަވައިފައެވެ. ނަޝީދު އިސްވެ ހުންނަވައިގެން ފައްޔާޟްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ވެސް މަސައްކަތް ކުރެއްވިއެވެ. އަދި އެމްޑީޕީތެރޭގައި ''ބްރޯ'' ހެދިގެން ނޫޅުއްވުމަށް ވެސް ފައްޔާޟަށް ދެންނެވިއެވެ.

Ads by HDC
  1. ހޭހޭ

    ކޯންޗެއް ހަދާނަމޭ ހިތާ ތިއުޅެނީ!!! ފައްޔާޒުގެ ބޮލެއް ނުކެވޭނެ !!!

  2. ބޯގަންވިލާގެ ކުދިންނާއި ހާދަ ލޯބިވެގެން މިއުޅެނީ އެގޭ ކުދިންގެ ފިކުރާއި ގުޅެނީތޯ !

  3. ސައްލޭ

    މާފަށް އެދުނަސް މިފަހަރު ވޯޓު ނަގާނެ.ބޮޑު ސޭކެއް.

  4. ރު ނުބޮވޭތަ؟

  5. ބޮނޑި

    މިކަލޭގެއަށްވެސް ބޮނޑި ބޮވޭނެއްނު! ކޮއްކޮވެސް އެއުޅެނީ މީހެއްގެ އޮށްބޮނޑިއެއް ބޯލައިގެން ސަލާމަތް ނުވެވިގެންވިއްޔަ!