މަޤާމުން ވަކިކުރުމަށް ކުރާަ މަސައްކަތާމެދު ކަންބޮޑެއްނުވޭ: ނަޝީދު

މަޤާމުން ވަކިކުރުމަށް ކުރާ މަސައްކަތާމެދު ކަންބޮޑުވެވަޑައިނުގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޤާމުން ވަކިކުރުމަށް ކުރާ މަސައްކަތާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އެއީ މާ ބޮޑު ކަންބޮޑުވުމެއް ގެންގުޅޭ މައްސަލައެއް ނޫން ކަމަށެވެ. އަދި މަޖިލީހުގައި އެ މަނިކުފާނު ކުރައްވާ މަސައްކަތް ގިނަ މެންބަރުން ބަލައިގަންނާނެކަމަށް ވެސް ވިދާޅުވިއެވެެ.
''..އެ ފެނިގެން ދިއުމަށް މި ފަހަރު ވެސް ކަމެއް ނުހިނގާނެއެކޭ ނުދަންނަވާނަން. ދެން އެހެންނަމަވެސް އެއީކީ އަޅުގަނޑު މާ ބޮޑު ކަންބޮޑުވުމެއް ގެންގުޅޭ މައްސަލައެއް ނޫން.''
ރައީސް ޞާލިޙަށް ވަފާތެރި މެންބަރުން ގެންދަވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކިކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ކުރާކަމަށް އެމްޑީޕީގެ ބައެއް މެންބަރުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.
ކަންބޮޑެއް ނުވާނެއްނު!! އިންޑިއާގެ ލާރިގަނޑު އަޅާލާނެ މެންބަރުންނަށް!